އެމްޕީއެލްގެ މުވައްޒަފަކަށް ފިޓް ޖެހިގެން ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.
ނިޔާވެފައިވަނީ އެމްޕީއެލްގެ ފްލީޓް ސާވިސް ޑިޕާޓްމަންޓުގެ މެރިން ކްރާފްޓް ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމު އަދާކުރަމުންދިޔަ ގއ. ދެއްވަދޫ/ ދެކޮނުގެ، އަމީން އަބްދުލްހަމީދު 30އ. އެވެ.
އެމްޕީއެލް އިން ބުނީ، އަމީން ނިޔާވީ މާލެ ވިޔަފާރި ބަނދަރުގައި މިއަދު ހެނދުނު ޑިއުޓީގައި މަސައްކަތް ކުރަމުން ދަނިކޮށް، ފިޓުޖެހިގެން، އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަމީންއަށް ފިޓްޖެހިގެން ވެއްޓުނީ މާލެ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތު ޖެޓީ ސަރަހައްދު މޫދަށެވެ.
އެމްޕީއެލް އިން ބުނީ، އަމީން އެ ކުންފުންޏާ ގުޅުނީ 2020 ވަނަ އަހަރު ކަމަށެވެ.


