ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފިއެވެ.
އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ މީހެކެވެ.
ބަންދު އަމުރުގައިވާ ގޮތުން އޭނާ ހުރީ މަގުމަތީގައި ޗުއިންގަމެއް ކާށެވެ.
ބަންދު ރެކޯޑު އޮންނަ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ހަތް ދުވަސް ޖަހައިފައެވެ.
ރޯދަ މަހު ދުވާލު މަގުމަތީގައި ކެއި މައްސަލައިގައި އިއްޔެ ވަނީ 41 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ. އޭނާގެ ބަންދަށް ޖަހާފައިވަނީ ފަސް ދުވަހެވެ.



