ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ފުލުހަކަށް ހަމަލާދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، ނޫރު، އަލީ ޝަހީމް (27އ) އެވެ.
އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ފުލުހުން ވަނީ ހެކީގެ ގޮތުގައި ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި އަނިޔާ ލިބުނު މީހާގެ ބަޔާނާއި ފޮޓޯ އަދި ވީޑިއޯ ހުށަހަޅައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހަމަލާދީފައިވަނީ ހަމަލާދީފައިވަނީ ފުލުހަކަށެވެ. އަލީ ޝަހީމްގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި ގޭންގު ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންވެސް އޭނާ ބަންދުގައި ބަހައްޓަން ޖެހޭކަން އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.
އެ މައްސަލައިގައި ހައްޔަރުކުރި އަލީ ޝަހީމް އަކީ ބަންދުގެ ރެކޯޑާއި ހައްޔަރުގެ ރެކޯޑު އޮންނަ މީހެކެވެ.




ގުޅުންހުރި
ކުޑަކުދިންގެ އޮރިޔާން ކާޑު ގެންގުޅުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި
މާލެއިން ޒުވާނަކު ގެއްލިގެން ހޯދަނީ
ރޯދަ މަހު ދުވާލު މަގުމަތީގައި ޗުއިންގަމެއް ކެއި މީހަކު ހައްޔަރުކޮށްފި
ސީޕީ ނަވީން ރިޓަޔާކުރައްވައިފި
ބްރައިޓްމައިންޑްސްގެ ވެރިޔާއަށް ކުރަނީ ދެ އަހަރުވަންދެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު
ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި އަންހެނަކު ހައްޔަރުކޮށްފި