ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިރޭ ބުނީ ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނު މީހަކު ގެއްލިފައިވާ ކަމުގެ ރިޕޯޓް މިރޭ 8:48 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދަނީ ރ. ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގުބާލެވެ.
ފުލުހުން ބުނީ އޭނާ ކަނޑުމައްޗަށް ނުކުމެފައިވަނީ މިއަދު ފަތިހުގެ ވަގުތެއްގައި ކަމަށާއި އޭނާ ނުކުތީ ކުޑަ ޑިންގީއެއްގައި އެކަނި ކަމަށެވެ. އަދި އޭނާ ދަތުރަށް ނުކުތްއިރު އަތުގައި މޯބައިލް ފޯނެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ރިޕޯޓު ލިބުމާއެކު ފުލުހުން ވަނީ ކަމާބެހޭ ބަހާތަކާއި އެހެނިހެން އިދާރާތަކާއެކު މައުލޫމާތު ހިއްސާކޮށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށް ފުލުހުން ބުންޏެވެ.
މުހައްމަދު އިގުބާލާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ރ. އަލިފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު 9992245 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން އެދެއެވެ.


