ގެއްލިގެން ހޯދަމުންދާ ރ. ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގުބާލް -- ފޮޓޯ: ޕޮލިސް

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނިކޮށް ގެއްލުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު 

ރ. ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅުނިކޮށް ގެއްލުނު މީހާ ފެނިއްޖެއެވެ.

ކަނޑުމައްޗަށް ނުކުމެ އުޅުނިކޮށް ގެއްލިފައިވަނީ ރ. ވާދޫ، ވިންޑްސްޓާ، މުހައްމަދު އިގްބާލެވެ.

ފުލުހުން ރޭ ބުނެފައިވާގޮތުގައި އިގްބާލް ކަނޑުމައްޗަށް ނުކުމެފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ. ފޯނެއް ނުލައި ކަނޑުމައްޗަށް ނުކުތް އޭނާ ގެއްލުނުކަމަށް ރިޕޯޓުކޮށްފައިވަނީ ރޭ 8:48 ހާއިރެވެ.

ފުލުހުން މިއަދު ބުނީ ވާދޫން ކަނޑުމައްޗަށް ނުކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުހައްމަދު އިގްބާލް މިހާރު ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.

އިގްބާލް ފެނިފައިވަނީ މިއަދު ހެނދުނު 6:53 ހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ބޮއެއް ކައިރިން ކަމަށާއި އޭނާ ފެނިފައިވަނީ ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ވާދޫން ނުކުތް ބަޔަކަށް ކަމަށް ފުލުހުން ބުންޏެވެ.