ފަލަސްތީން ރައްޔިތުންނަށް މަރުގެ އަދަބު ދިނުމުގެ ހުއްދަ ދޭ ބިލެއް ޔަހޫދީ އިޒްރޭލުގެ ގާނޫނުހަދާ މަޖިލިސް, ކްނެސެޓުން ފާސްކޮށްފި އެވެ.
އެއްފަރާތަކަށް ބުރަވެފައިވާ މި ބިލުގައިވާ ގޮތުން އިޒްރޭލުގެ ޔަހޫދީން މަރާ ފަލަސްތީންގެ ރައްޔިތުން އެ ކުރީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ނިންމައި އެ މީހުންނަށް މަރުގެ އަދަބު ކަނޑައެޅުމަށް އަސްކަރީ ކޯޓުތަކަށް ލާޒިމުވާނެ އެވެ. ނަމަވެސް ފަލަސްތީންގެ ރައްޔިތުން މަރާ ޔަހޫދީ އިޒްރޭލު މީހުންގެ މައްޗަކަށް މި އަދަބެއް ނުދެވޭނެ އެވެ.
އަދި މަރުގެ އަދަބު ކަނޑައަޅާ ފަލަސްތީންގެ ރައްޔިތުންނަށް މައާފު ދިނުން ނުވަތަ ހުކުމުގެ މުއްދަތު ކުރުކުރުން ވަނީ މަނާކޮށްފަ އެވެ.
މަހެއް ފަހުން އަމަލުކުރަން ފަށަންޖެހޭ މި ގާނޫނު ފާސްކުރީ 120 ގޮނޑި ހިމެނޭ ކްނެސެޓުގައި ހިމެނޭ 62 މެންބަރުންގެ ވޯޓުންނެވެ. މި ގާނޫނު ފާސްކުރުމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމން ނަތަންޔާހޫ ވެސް ހިމެނެ އެވެ. މި ގާނޫނު ފާސްކުރުމަށް 48 މެންބަރުން ވޯޓު ދެއްވިއިރު, އެކަކު ވަކި ފަރާތަކަށް ވޯޓު ދީފައެއް ނުވެ އެވެ.
ފަލަސްތީންގެ އޮތޯރިޓީން ބުނީ, މި ބިލަކީ ފަލަސްތީން ރައްޔިތުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުށެއް ކަމަށެވެ.



