މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

މީހެއްގެ ހަށިގަނޑަށް ގެއްލުން ދިނުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން ފޮޓޯ އާންމުކޮށްފި އެވެ.

މި މައްސަލައިގައި ފުލުހުން ހޯދަމުންދަނީ ގދ. ގައްދޫ/ ދަނބުފަށުއިގެ، އުމުރުން 30 އަހަރުގެ ޢުލްޔާން އަހުމަދެވެ.

ފުލުހުން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށާފައިވަނީ، ދައުލަތުން އޭނާގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތަށް ކޯޓަށް ހާޒިރުވާން އެންގުމުންވެސް ހާޒިރުވެފައި ނުވާތީ ކަމަށެވެ.

އެހެންކަމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.