ހަމަނޭވާލާނީ 2028ގެ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްފަހު: މުހައްމަދު އިސްމާއިލް

ޕީއެންސީން ހަމަނޭވާލާނީ 2028ގެ ރިޔާސީ އިންތިހާބު ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކާމިޔާބު ކޮށްދިނުމަށްފަހު ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އިސްމާއިލް ބުނެފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު އިސްމާއިލް ވިދާޅުވީ، ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ޑަބްލިޔުޑީސީ އިންތިހާބުގެ ނަތީޖާއިން ބުނެދޭ ހަގީގަތަކީ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ބޮޑު ޕަސެންޓެއްގެ ފުރިހަމަ އިތުބާރާއި ތާއިދު ރާއްޖޭގެ މިއަދުގެ ރައީސް، ރައީސް ޑރ. މުއިއްޒުގެ ވެރިކަމަށް އޮތްކަން ކަމަށެވެ.

”ޝުކުރިއްޔާ ދިވެހި ލޮބުވެތި ރައްޔިތުން. ދިވެހި ރައްޔިތުންގެ އަޅުގަންޑުމެން ހަމަނޭވާލާނީ 2028 ގެ ރިޔާސީ އިންތިހާބް ދިވެހިރައްޔިތުންގެ ރައީސް ޑރ މުއިއްޒުއައް ކާމިޔާބް ކޮއްދިނުމަށްފަހު إنشاء الله،“ މުހައްމަދު އިސްމާއިލް ވިދާޅުވި އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވި އިރު، މާލޭ ސިޓީ ކައުންސިލުން ޕީއެންސީއަށް ލިބުނު ހަމައެކަނި ދެ ގޮނޑި ލިބުނީ ވިލިމާލެ ދާއިރާ އިންނެވެ.