ގެއެއްގެ ދިހަވަނަ ފަންގިފިލާއިން އެހެން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިރޭ 6:20 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ވެއްޓުނު މީހާ އައިޖީއެމް ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި ވެއްޓިފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ވެއްޓިފައިވަނީ އެ އިމާރާތުގެ ފަސްވަނަ ފަންްގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅުމައްޗަށް ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



