އަޅުގަނޑާއި ސާޖިދާ ދުރުކުރަން އިދިކޮޅުން ވަރަށް މަސައްކަތްކުރޭ: ރައީސް

އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކުރާ އެއް މަސައްކަތަކީ އެ މަނިކުފާނާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދުރުކުރުމުގެ މަސައްކަތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަނބިކަނބަލުން އެ މަނިކުފާނާ ދުރުވޭތޯ އިދިކޮޅުން ވަރަށް މަސައްކަތްކުރާ ކަމަށާއި އެގޮތުން މާކުރިން ރާވާފައިވާ ދަތުރަކާ ގުޅުވައިގެން ވެސް ދާދިފަހުން ވާހަކަތަކެއް ފަތުރާފައިވާ ކަމަށެވެ.

އިނގިރޭސިވިލާތަށް މެޑަމް ސާޖިދާ ވަޑައިގެންނެވީ ދަރިފުޅު ގާތަށް ކަމަށާއި އެއީ މާކުރިން ރާވާފައިވާ ދަތުރެއް ނަމަވެސް، އިދިކޮޅު ފަރާތްތަކުން ބޭނުންވާ ނެރޭޓިވް އެކަމުގައި ވެސް ފަތުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މިހާރު އެ ދެމަފިރިން ދުރުކޮށް ނިންމައިފި ކަމަށާއި އެކަހަލަ ދޮގު ވާހަކަތައް ނުދައްކައި، ސިޔާސީ މަސައްކަތްކުރަން ޒިންމާދާރު އޮޕޮޒިޝަނެއް ބޭނުންވާ ކަމަށެވެ. އަދި ”ބަތްކައްކާ“ މީހުން އުޅެގެން މި ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅުގައި މިހާރު ތިބީ އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި، ފެއިލްވެފައި ލީޑަރުންތަކެއް ކަމަށާއި އެއީ އެއްވެސް އުރަތްޕެއް ނެތް ބައެއް ކަމަށް ރައީސް ވިދާޅުވިއެވެ.