ވޯލްޑް ކަޕް 2026 ގެ ދެވަނަ ބުރަށް ނެދަލެންޑްސް އާއި ޖަޕާން ދަތުރުކުރި އިރު، ސްވިޑެނުން ވެސް ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފައެވެ.
މި ގްރޫޕުގައި ހިމެނޭ ނެދަލޭންޑްސް، ޖަޕާން، ސްވިޑަން، އަދި ޓިއުނީޝިއާގެ މެދުގައި ކުޅުނު ފަހު މެޗުތަކަކީ ވަރަށް ވާދަވެރި މެޗުތަކެކެވެ. މެޗުތަކަށް ނުކުތް އިރު، އެއްވެސް ޓީމަކަށް ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެއް ނުވެއެވެ. ފުރުސަތު ގެއްލޭކަން ކަށަވަރުވި ހަމައެކަނި ޓީމަކީ ޓިއުނީޝިއާ އެވެ.
ޖަޕާން 1 – 1 ސްވިޑަން: މި ދެ ޓީމުގެ ކުރިމަތިލުމަކީ ގްރޫޕުގެ ތަރުތީބު ކަނޑައެޅުމަށް ވަރަށް މުހިންމު މެޗެކެވެ. މި މެޗުގެ ދެވަނަ ހާފުގައި ޑައިޒެން މައޭޑާ ޖަޕާނަށް ލީޑު ހޯދައިދީފައިވަނިކޮށް، މާގިނައިރުތަކެއް ނުވަނީސް އެންތޮނީ އެލޭންގާ ވަނީ ސްވިޑެނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ޖަޕާނުން ވަނީ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުކޮށްފައެވެ. ޖަޕާނަށް ދެވަނަ ބުރު ޔަގީންވެފައިވަނީ މެޗުން އެއްވަރުވުމުންނެވެ. އަދި ސްވިޑެނަށް ވެސް އެންމެ ރަނގަޅު ނަތީޖާ ހޯދި ތިންވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ފުރުސަތު އޮންނާނެއެވެ.
ނެދަލޭންޑްސް 3 – 1 ޓިއުނީޝިއާ: ކުރިން ދެ މެޗުން ބަލިވެ މުބާރާތުން ކަޓާފައިވާ ޓިއުނީޝިއާ ދެކޮޅަށް ކުޅެ، ނެދަލޭންޑްސް ވަނީ އެ ޓީމުގެ ގްރޫޕުގެ ސަރަހައްދުގައި ފައިހަމަކޮށް، މުބާރާތުގެ ކުރިއަށް ދިއުމުގެ ފުރުސަތު ހޯދައިފައެވެ. މެޗުގައި ނެދަލެންޑްސްގެ ފުރަތަމަ ގޯލަކީ ޓިއުނީޝިއާގެ އެލްޔެސް ޝްކީރީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން ނެދަލެންޑްސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ބްރަޔަން ބްރޮބޭ އަދި ޔޭން ޕޯލް ވެން ހެކޭ އެވެ. ޓިއުނީޝިއާގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހާޒެމް މަސްތޫރީ އެވެ.
މި މޮޅާއެކު ނެދަލެންޑްސް އިން ގްރޫޕުގެ އެއްވަނަ ހޯދީ އެއްވެސް މެޗަކުން ބަލިނުވެ، ހަތް ޕޮއިންޓާއެކުއެވެ. އެޓީމުން ޓިއުނީޝިއާގެ އިތުރުން ސްވިޑެން ބަލިކުރި އިރު، ޖަޕާން އަތުން ވަނީ އެއްވަރުވެފައެވެ.


