މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަނީ

މާލޭގެ އިމާރާތެއްގައި އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، އަލިފާން ރޯވެފައިވަނީ މާފަންނު މުނިޔާމަގުގައި ހުންނަ ޖާޔާ ކުޝަން ކައިރި ހުރި އިމާރާތެއްގައި ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ އިމާރާތުގެ އެތެރެއިން ކަޅު ދުން ދަނީ އަރަމުންނެވެ. އަދި އެތަނުން މުދާ ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަތަން ފެނެ އެވެ.