ޝައިހް ހަމަދު އަވަހާރަވުމާއި ގުޅިގެން، ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ރައީސް ގަތަރަށް

ރައީސް މުއިއްޒު މީގެ ކުރީން ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއްގައި ފުރާވަޑައިގަތުމުގެ ކުރިން ---

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި މިއަދު ގަތަރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ، ޝައިހްގެ މި ދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު ޝައިހް ހަމަދު ބިން ހަލީފާ އައްޘާނީ އަވަހާރަވުމާއި ގުޅިގެން، އެ ގައުމުގެ އަމީރު އައްޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއަށާއި ޝާހީ އާއިލާއަށް ތައުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ޝައިހް ހަމަދު އަވަހާރަވީ މިދިޔަ އާދީއްތަ ދުވަހު އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 74 އަހަރެވެ. އެ މަނިކުފާނުގެ ޖަނާޒާ އިއްޔެ ބާއްވައި، ދޯހާގެ ލުހައިލް ގަބުރުސްތާނުގައި ވަނީ ފަސްދާނު ލައްވައިފަ އެވެ.