ހެރޮއިން ޓްރެފިކް ކުރި މީހަކު 25 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

ޑައިމޯފިން ޓްރެފިކް ކުރިކަން ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ޖަލަށް ލާން ހުކުމްކޮށް، 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކޯޓުން ހުކުމްކުރީ ދަފްތަރު ނަންބަރު 07 / ސ. މީދޫ, އަބްދުލްވައްހާބު އަހުމަދު (59 އ) އެވެ. އޭނާގެ މައްޗަށް ހުކުމް އިއްވީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައަކީ 1 ޑިސެމްބަރު 2021 ގައި ފުލުހުންނަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހަށް ފޮނުވީ 12 ޖަނަވަރީ 2022 ގައެވެ.