ވިސިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދެއްވައިފި

ޝިއުރީ ---

ވިސިޓް މޯލްޑިވްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން އިބްރާހިމް ޝިއުރީ އިސްތިއުފާ ދެއްވައިފި އެވެ.

ޝިއުރީ އިސްތިއުފާ ދެއްވި ސަބަބެއް އަދި ހާމައެއް ނުކުރައްވަ އެެވެ. ނަމަވެސް މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ދެވަނަ ބޭފުޅާ އެވެ. އެ މަގާމަށް މި ސަރުކާރުން ފުރަތަމަ އައްޔަންކުރީ ފާތިމަތު ތައުފީގު (ކުޑީ) އިސްތިއުފާ ދިނުމުންނެވެ.

ރާއްޖޭގެ ޓީޓީގައި ފާހަގަކުރެވޭ މޮޅު ކުޅުންތެރިއެއްގެ އިތުރުން ކޯޗު، ޝިއުރީ ވިޒިޓް މޯލްޑިވްސްގެ އެމްޑީގެ މަގާމަށް އައްޔަންކުރެއްވީ 13 ޖޫން 2024 ގައެވެ.

އެ މަގާމާ ހަވާލުވުމުގެ ކުރިން ޝިއުރީ ވަނީ، ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި މަސީގެ ބޯޑު މެމްބަރުކަން ކުރައްވައިފަ އެވެ.