އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސަށް މަޖިލީހުގެ ރައީސް ކެމްބޯޑިއާއަށް

ދެވަނަ އިންޓަ-ޕާލިމެންޓަރީ ސްޕީކާސް ކޮންފަރެންސް (އައިއެސްސީ)ގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުالله ކެމްބޯޑިއާގެ ފްނޮމް ޕެންއަށް ފުރާވަޑައިގަންނަވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، މިއަދުން ފެށިގެން ތިން ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި ”ސުލްހައާއި ތަނަވަސްކަމަށްޓަކައި އެއްބައިވަންތަކަން: ބައިނަލްއަގުވާމީ ގާނޫނުތައް ހަރުދަނާކުރުމާއި ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުން“ މި މައުޟޫއުއަށް އަބްދުއްރަހީމް ވާހަކަފުޅުދައްކަވާނެ ކަމަށެވެ.

މި ދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަހުމަދު ނިހާން ހުސައިން މަނިކު އަދި ފޮރިން ރިލޭޝަންސް ޑިޕާޓްމަންޓުގެ އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލް ޒުއްޔިނާ ބަދުރީ ބައިވެރިވެވަޑައިގަންނަވަ އެވެ.

އައިއެސްސީއަކީ ސުލްހައާއި ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަނުޖެހުންތައް ހައްލުކުރުމުގެ އިތުރުން، ގުޅިފައިވާ ތަރައްގީއާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސްއެކެވެ.