ކޫރިއާ އަދި ޕޯސްޓް މެދުވެރިކޮށް އެތެރެކުރަން އުޅުނު 3 ކިލޯގެ ޕާޓީ ޑުރަގް އަތުލައިގެންފި

ކޫރިއާ އަދި ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު 3.1 ކިލޯގެ ޑުރަގް އަތުލައިގެންފައިވަ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ބުނެފި އެވެ.

މި ދެ މައްސަލައިގައިވެސް އަތުލައިގެންފައިވަނީ ސިންތެޓިކް ކެތިނޯން އެވެ. މިއީ އާންމު ގޮތެއްގައި ޕާޓީ ޑުރަގުގެ ގޮތުގައި ބޭނުންކުރާ ޑުރަގެކެވެ.

ކަސްޓަމްސް އިން މިއަދު ބުނީ, އެ ތަކެތީގެ ތެރެއިން 2.1 ކިލޯގެ ޑުރަގް އަތުލައިގަތީ މިދިޔަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ޕޯސްޓް އޮފީހުން ބަލައިފާސްކުރަމުން ދަނިކޮށް ކަމަށެވެ.

އަދި 1 ކިލޯގެ ޑުރަގް އަތުލައިގަތީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ކޫރިއާ މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ތިބި ކަސްޓަމްސްގެ އޮފިސަރުން ބަލައިފާސްކުރަމުން ދަނިކޮށް ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.