ސީރިއާގައި ހިނގަމުން ދާ ހަނގުރާމަ އަށް ދިޔަ ދިވެހި ފަސް އާއިލާއެއްގައި ހިމެނޭ ހަ މީހަކާއި 15 ކުޑަކުއްޖަކު މިއަދު ރާއްޖެ ގެނެސްފި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން ރާއްޖެ ގެނައުމަށް ފަހު ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރަށް ފަރުވާއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހުން ރާޖެ ގެނެސްފައިވަނީ އެމީހުންގެ ތެރެއިން ފަސް އާއިލާއެއް އެނބުރި ރާއްޖެ އަންނަން ބޭނުންވުމުންކަމަށެވެ.
އެމީހުން ރާއްޖެގެންސްފައިވަނީ ރޭ ފަތިހު ޗާޓަރު ފްލައިޓެއްގައިކަމަށް ވެސް އިހްސާން ވިދާޅުވިއެވެ.
އިހްސާން ވިދާޅުވީ ސީރިއާގައި ތިބި ދާޚިލީ ހަނގުރާމައިގައި ބައިވެރިވާން ރާއްޖެ ދޫކޮށް ގޮސް ތިބި އާއިލާތަކުގެ ތެރެއިން 90 އަށް ވުރެ ގިނަ މީހުން އަނބުރާ އަންނަން އެދިފައިވާ ކަމަށެވެ. އެ އާއިލާތައް ތިބީ ސީރިއާއާއި ތުރުކީއާ ގުޅޭ ބޯޑަރު ކައިރީގައި ކަމަށް މިނިސްޓަރު އިހްސާން ވިދާޅުވިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިހުސާން ވިދާޅުވީ، އެ އާއިލާތަކުން އަނބުރާ ގައުމަށް އަންނަން ބޭނުންވުމުން އެ މީހުންނަކީ ދިވެހީންކަން ކަށަވަރުކުރަން ޑީއެންއޭ ޓެސްޓު ހަދާފައިވާ ކަމަށެވެ.
މިއަދު ގެނެވުނު މީހުންނަކީ ދިވެހީންކަން 100 އިންސައްތަ ކަށަވަރުކުރެވިފައި ތިބި މީހުންނެވެ.

ގުޅުންހުރި
ކޮމިޔުނިކޭޝަން އޮތޯރިޓީ ހޯމްލޭންޑް ދަށަށް
ބިދޭސީންގެ ޖޫރިމަނާ ފައިސާ ދައްކައި ހަލާސްކުރި 20 ކުންފުނީގެ ނަން އާންމުކޮށްފި
އެޕްރީލް މަހުގެ 20 ގެ ކުރިން ބަޔާމެޓްރިކްސް ނުދޭ ބިދޭސީން ޑީޕޯޓް
ޑީއެންއާރު ތެރޭގައި ޕީއެންސީއަށް ފޯމު ފުރިކަމަށް އިސްވެރިން އިއުތިރާފުވެއްޖެ
ރާއްޖޭގައި ކުށްކޮށްގެން ފައިސާ ހޯދައި، މަނީ ލޯންޑާކުރާ 30 ކުންފުންޏެއް!