ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފިއެވެ.
ޖާބިރުގެ އިތުރުން އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލަތް) އާއި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު، މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވެސް ވަނީ ޓިކެޓް ކަށަވަރު ކުރައްވައިފައެވެ.
މެމްބަރު ޖާބިރު ކާށިދޫ ދާއިރާގެ މެމްބަރު ކަމަށް ވަޑައިގަތީ އަމިއްލަގޮތުން ވާދަކުރައްވައިގެންނެވެ. އޭނާ އަމިއްލަގޮތުން ވާދަކުރެއްވީ އެމްޑީޕީގެ ޕްރައިމަރީން އެފަހަރު ބަލިވުމުންނެވެ.
ކުރީގެ އިންތިހާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ކާށިދޫ އާއި ގާފަރާ ދެމެދު ކޭބަލް ކާރެއް ގުޅާލުން ހިމެނެއެވެ. ނަމަވެސް އެ ވައުދު ފުއްދިފައެއްނުވެއެވެ. ގިނަ ބަޔަކު ޖާބިރުގެ އެ ވާހަކަ ސިފަކުރެއްވީ ޖޯކެއްގެ ގޮތުގައެވެ.
މި އަަހަރު ބާއްވާ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ޖުމުލަ 40 ދާއިރާއެއްގެ ޕްރައިމަތީ ބޭއްވިއެވެ. ޖުމްލަ 149 ކެންޑިޑޭޓުން އެ ދާއިރާތަކަށް ވާދަ ކުރިއިރު، 25،325 މީހަކަށް މިއަދުގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބުނެވެ.
އެމްޑީޕީއަށް މަޖިލިސް އިންތިހާބުގެ މެޖޯރިޓީ ނެގޭތަން ފެނިވަޑައިގަންނަވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ.
ގުޅުންހުރި
ޕްރައިމަރީއަކާނުލައި ނެތި ރިޔާސީ ޓިކެޓް ރައީސްއަށް ލިބިވަޑައިގަންނަވާނެ: އަބްދުއްރަހީމް
ފުރުސަތު ލިބުނަސް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވާދަނުކުރައްވާނަން: އަބްދުއްރަހީމް
ގެއަކަށް ވެއްދުމަށްފަހު އޮރިޔާންކޮށް، ފޭރުން: މަންމައާއި ދަރިފުޅު އެއް އަހަރަށް ޖަލަށް
އިންޑިއާއިން، ރާއްޖެއަށް ވިއްކާ ހަކުރު ލަންކާއަށް ގެންދާ މައްސަލަ ބަލަނީ
ޕީއެންސީ އިންތިހާބު: ދެ ކެންޑިޑޭޓެއްގެ މެދުގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށި
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައްޔާޒު ހާމަކުރައްވައިފި