ރާއްޖޭގެ އިގުތިސާދީ ހާލަތު އޮތް ގޮތް ސަރުކާރުން ހާމަކުރަންޖެހޭ ކަމަށާއި ހީނަރުކަމުން އަރައިގަތުމަށް ހިތި ބޭހެއް ބޯންޖެހޭ ނަމަ އެކަން ވެސް ރައްޔިތުންނަށް ސަރުކާރުން ހާމަކޮށްދޭން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މުހައްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
އިއްޔެ ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އިންތިހާބުގެ މޫސުން ވެސް ނިމިފައި ކަމަށާއި އެހެންކަމުން އިގްތިސޯދީ ހާލަތޖ ސިއްރު ކުރަންޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.
”ރާއްޖޭގެ ރައްޔިތުންނަށް ހަމަ ތެދުބަހުން ވަރަށް ތިލަކޮށް މިވާހަކަތައް އެބަޖެހޭ ދެކެވެން. އެއީ ސަބަބަކީ ރައްޔިތުންގެ އެކްސްޕެކްޓޭޝަންއާ މިހުރިހާ އެއްޗެއް މިބިނާ ވަނީ އެ ބޭފުޅުން ދައްކަވާ ވާހަކަތަކުގެ މައްޗަށް،“ ނާޒިމް ވިދާޅުވި އެވެ.
”އެހެންވީމަ އަޅުގަނޑުމެން ވެސް ހިތިބޭސް، ބޭސް ސިޓީއެއް އޮތިއްޔާ އެވެސް އެނގެންވިއްޔޭ އަޅުގަނޑުމެންނަށް، އަޅުގަނޑުމެން ކޮށްދޭންވީ ކޮންކަމެއްތޯ، އޭގެ ބަދަލުގައި މިހެން ދަމުންދަމުން ގޮސް ބަނގުރޫޓު ވީމަކާ ކަމަކު ނުދާނެޔޭ،“
އިގްތިސޯދީ ހާލަތާ މިވަގުތު ކުރިމަތިނުލާނަމަ އޮތީ ބަނަ ދުވަސްތަކެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.
އިގުތިސާދަށް ކުރިމަތިވެފައިވާ ބަނަކަން ރައްޔިތުންނަށް ތަސައްވުރު ކުރެވޭނީ ފިނޭންސް މިނިސްޓްރީން ރައްޔިތުންނަށް އެ ހަގީގަތް ސާފުކޮށްދީގެން ކަމަށެވެ.




ގުޅުންހުރި
ހަންގަނޑު އޮމާންކޮށްދޭ ކަމަށްބުނެ ބޭސް ވިއްކާ ޕޭޖުތަކާ މެދު ފިޔަވަޅު އަޅަނީ
ފުރަތަމަ 24 ގަޑިއިރު ތެރޭ ގޯއްޗާއި ފުލެޓަށް 518 އެޕްލިކޭޝަން
ޕިކްނިކް އައިލެންޑްތައް ތަރައްގީކުރުމަށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަނީ
އަރިދަފުސް ރޯގާ އިތުރުވަމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފި
ކައުންސިލް އިންތިޚާބު އޮބްޒާވުކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފި
ދައުރު ނިމުމުގެ ކުރިން ގޯއްޗާއި ފުލެޓުތަކަށް ވަދެވޭނެ: މުއްތަލިބު