”މިހާރު“ ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު (އިސްމަ) އަށް މޭޖާ ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.
އިސްމައަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު އުފަން ރަށް، ބ. އޭދަފުއްޓަށް ގޮސް ހުންނަވަނިކޮށް އިއްޔެ ވަގުތެއްގަ އެވެ.
އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާއަށް އިސްމާއިލް މާލެ ގެނައީ ރޭ 1:00 ހާއިރު އެއާ އެމްބިއުލާންސްގަ އެވެ.
މިހާރު ނޫހުން ބުނި ގޮތުގައި އިސްމައަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު ހާލު ސީރިއަސް އެވެ.
އުމުރުން 47 އަހަރުގެ އިސްމަ އެންމެ ފުރަތަމަ ނޫސްވެރިކަން ފެއްޓެވީ ”އާފަތިސް“ ނޫހުންނެވެ. އެ ފަހުން ”ހަވީރު“ ނޫހުގެ މެނޭޖިން އެޑިޓަރުކަން ވެސް ކުރެއްވި އިރު، ނޫސްވެރިކަމުގައި ހިދުމަތްކުރައްވާތާ 28 އަހަރު ވެެއްޖެ އެވެ.
އިސްމައަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި ”ރަން ގަލަން“ ވެސް ލިބިވަޑައިގެންފައިވެ އެވެ.

ގުޅުންހުރި
ރިފްއަތު ވެސް އޭސީސީއަށް ހާޒިރުވާން އަންގައިފި
ނަތީޖާ ނެރެދިނުން ފިޔަވައި އިތުރު އެއްވެސް ކަމަކަށް ޝައުގެއް ނެތް: ރައީސް
މައިމީހާގެ ފަރާތުން ދަރިފުޅަށް ތިން ބައްޔެއް ފެތުރުން ހުއްޓުވައި ރާއްޖެ ތާރީހުގެ
އެލައިޑް ތަކާފުލްގެ ”ފަޔާ ތަކާފުލް“ މިހާރު އޮންލައިންކޮށް, އަވަހަށް އަދި ފަސޭހައިން
ޓްރަމްޕަށް އިޒްރޭލުގެ އެންމެ މަތީ ޝަރަފު ދޭން ނިންމައިފި
2026 ނިމޭއިރު ހުރިހާ ރަށެއްގެ ލެބޯޓްރީން ރަށު ފެންވަރުގެ ޓެސްޓުތައް ހެދޭނެ: