ދައުލަތުގެ އާމްދަނީ އިތުރުކޮށް، ހަރަދުތައް ހަމަޖެއްސުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވުން ކުޑަކުރުމުގެ ގޮތުން ޖީއެސްޓީ، ޓީޖީއެސްޓީ އަދި އިމްޕޯޓް ފީތައް ބޮޑުކުރަން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި ކުރިއަށް އޮތް ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ރިޕޯޓުގައިވާ ގޮތުން މިއަންނަ އަހަރުގެ ތެރޭގައި ގިނަ ބާވަތެއްގެ ޓެކްސް ބޮޑުކޮށް ބައެއް ފީތައް ބޮޑުކުރާނެ އެވެ.
ބޮޑުކުރަން ނިންމައިފައިވާ ފީ އަދި ޓެކްސްތައް:
ގްރީން ޓެކްސް ބޮޑުކުރުން
ޖީއެސްޓީ ނަގާ ތަކެތި އިތުރުކުރުމާއި ޖީއެސްޓީ ބޮޑުކުރުން
ރަލާއި، ދުންފަތް އަދި އޫރުމަސް ފަދަ ހާއްސަ ބާވަތްތަކުން ނަގާ ޓެކްސް ބޮޑުކުރުން ނުވަތަ އެ ސިޔާސަތަށް ބަދަލުތަކެއް ގެނައުން
އިމްޕޯޓް ޑިއުޓީ ނަގާ ރޭޓްތައް ބޮޑުކުރުން
ޓެލެކޮމް އޮޕަރޭޓަރުންގެ ހިދުމަތްތަކުން ނަގާ ފީތައް ބޮޑުކުރުން
ރިސޯޓް ކުއްޔާއި ޓޫރިޒަމް ބޭނުންތަކަށް ދޫކޮށްފައިވާ ބިންތަކުގެ ކުލި ބޮޑުކުރުން
2026، 2027 އަދި 2028 ވަނަ އަހަރު އަޅަން ނިންމައިފައިވާ ފިޔަވަޅުތައް:
ޕްރޮޕަޓީ ޓެކްސް ނިޒާމެއް ތައާރަފްކުރުން
އިންކަމް ޓެކްސް ނަގާ އާމްދަނީ ދަށްކުރުން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޓެކްސްގެ އިދާރީ ބުރަ ކުޑަކުރުން
ކާބަން ކްރިޑިޓް ބޭރުގެ މާކެޓްތަކުގައި ވިއްކައިންގެން އާމްދަނީ ހޯދުން
ބުރިޖް ފަދަ ތަންތަނުން ފީ ނެގޭނޭ ސިޔާސަތެއް އެކުލަވާލުން
ހަތަރު އަހަރު ދުވަހު ސަރުކާރުގެ އާމްދަނީގެ ސިޔާސަތު ނުވަތަ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީ (އެމްއެމްޓީއާރުއެސް) ސަބަބުން ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ އާމްދަނީ %35.5 އިތުރުވާނޭ ކަމަށާއި މިހާރު ޓެކްސް އާމްދަނީއަކީ ޖީޑީޕީގެ ނިސްބަތުން %32.5 ކަމަށް ފިނޭންސުން ބުންޏެވެ.

88 Comments
ގުޅުންހުރި
ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޑިއޭގޯއަށް މިހާރު އޮންލައިންކޮށް
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ
ފުލުހުންގެ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު މީހާ މަރުވެއްޖެ
އެމްޑަބްލިއުއެސްސީގެ އެކުވެރި ރޯދަ :30 އުމްރާ ދަތުރު ލިބޭ ތިން ނަސީބުވެރިން ހޮވައިފި
ގޭސްވުމާއި ހަޖަމުކުރުމުގެ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑރ. ޑިއޭގޯއަށް މިހާރު އޮންލައިންކޮށް
މާލޭގެ ހުރިހާ ގެއަކަށް ދިއުމުގެ ވައުދު ފުއްދިން، އޯގަސްޓުގެ ނިޔަލަށް ހުރިހާ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ