ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 77 މަދުކޮށް، އެ ވަރުގައި ހިފެހެއްޓުމަށް ފެންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ގިނަ ނުވާނެ ގޮތަށް ގާނޫނަށް ގެންނާންޖެހޭ ބަދަލުތައް ގެނައުމަށް ހިޔާލު ހޯދުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ހުށަހެޅުއްވި ގަރާރު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށްޓަކައި މިހާރު އޮތީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގަ އެވެ. އެ ކޮމިޓީން ދަނީ އެ ގަރާރަށް ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަމުންނެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ވަޑައިގެން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، ރާއްޖޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް މަޖިލީހުގެ މެންބަރުންގެ އަދަދުވެސް އިތުރުވި ނަމަވެސް އެހެން ގައުމުތަކުގައި އެގޮތަށް އާބާދީ އިތުރުވިޔަސް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ އިތުރުވަމުން ނުދާ ކަމަށެވެ. އެހެންކަމުން މެންބަރުންގެ އަދަދު ކެޕް ކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އީސީން ހެދި ދިރާސާތައް ކޮމިޓީއާ ހިއްސާ ކުރައްވަމުން ފުއާދު ވިދާޅުވީ ކޮމިޝަންގެ ހުށަހެޅުމަކީ މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށްވުރެ އިތުރު ނުވާ ގޮތަށް، ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށެވެ. އެއީ 2008 ވަނަ އަހަރުވެސް މަޖިލީހުގައި މެންބަރުން ތިއްބެވި އަދަދެވެ.
ފުއާދު ވިދާޅުވީ އެ އަދަދަށް ބަލައިގެން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ކަނޑައެޅުމުން 35 ގޮނޑިއެއް ބާކީވާނެ ކަމަށާއި ބާކީވާ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލަން ފެންނަ ކަމަށެވެ.
”އޭރުން ހއ. އަށް ދެ ގޮނޑި އާއެކު ޖުމުލަ ހަތަރު ގޮނޑި ލިބޭނެ. މާލެއަށް ދެ ގޮނޑި އާއެކު އިތުރު އަށް ގޮނޑި ހާއްސަ ކުރެވޭނެ. އައްޑުއަށް ދެ ގޮނޑިއާއި އިތުރަށް ލިބޭ ތިން ގޮނޑި އާއެކު ޖުމުލަ ފަސް ގޮނޑި ލިބޭނެ.“ ފުއާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެންބަރުންގެ އަދަދު ލިމިޓް ނުކުރުމުގެ ސަބަބުން ބައެއް އިންތިހާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލު ކުރަންޖެހޭ ހާލަތު ދިމާވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރުންގެ އަދަދު 77 އަށް ކަނޑައަޅައި، އެ އަދަދު ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް ވޯޓު ލެވޭނެ ކަމަށެވެ.
”ކެޕް އެޅުވިފައި އިނުން އެއީ އަޅުގަނޑުމެންގެ ސްޓޭންޑަކީ. 77 ވިޔަސް 65 ވިޔަސް އަދި 75 ވިޔަސް. ކެޕްވެފައި ކޮންމެ އަތޮޅަކަށް ދެ ސީޓް ލިބިފައި އާބާދީގެ ނިސްބަތުން ކަނޑައެޅުން،“ ފުއާދު ވިދާޅުވި އެވެ.

9 Comments
ގުޅުންހުރި
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެރމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ
ސޭފް ހޯމް އަޅަން 31.5 މިލިއަން ރުފިޔާ ހުޅުމާލެއިން ބިމެއް ގަނެފި
އުނގެނޭ އިލްމުން ﷲ ގެ ރުހިވޮނޑީގަތުން ހޯދަން މަސައްކަތްކުރަންޖެހޭ: ހުތުބާ
ފުލުހުންގެ އަހަރީ ދުވަހާ ގުޅިގެން މޭވާ ގަސް އިންދަނީ، މާމިގިލީގައި އިންދީ
ގާސިމުގެ ހިލޭ އެހީގައި މާމިގިލީގައި ފުލުހުންގެ މަރުކަޒެއް އިމާރާތްކުރަނީ
ހުޅުމާލެ ކެފޭއެއްގެ ތެރޭގައި މާރާމަރީ ހިންގައިފި
ޓެރމޫގެ ނަމުގައި އޮންލައިން ސްކޭމްތައް ހިންގުން އިތުރުވެއްޖެ