ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރާ ތަނެއް ރެއިޑްކޮށް، ގަވާއިދާ ހިލާފަށް އެ ތަނުގައި ދިރިއުޅެމުންދިޔަ ތިން ބިދޭސީއަކު އަތުލައިގެންފި އެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، އެތަން މިއަދު ހެނދުނު ރެއިޑް ކުރީ ”އިމިގްރޭޝަން ވޮޗް“ އަށް ލިބުނު މައުލޫމާތަކަ ގުޅިގެން ކަމަށެވެ.
މާލެ ސަރަހައްދުގައި ހުންނަ އެތަނުގެ ފޮޓޯތަކެއްވެސް އިމިގްރޭޝަނުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އެތަނަކީ ދިރިނޫޅޭވޭ ވަރަށް ބާވެ ވީރާނާވެފައިވާ ގެއެކެވެ. ތަނުގެ ފާރުތައް ހުރީ ކަޅުވެފަ އެވެ. އެ ތަނުގައި މަސައްކަތް ކުރާ މީހުންގެ އަންނައުނު ތަނުގެ ތެރޭގައި އަޅުވާފައި ހުރި އިރު، ފާހާނާ ތެރެވެސް ހަޑި އެވެ.
އިމިގްރޭޝަނުން ބުނީ، އެ ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ، އެކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
ފޮޓޯތަކުން ރެއިޑް ޖެހި ގެއިން ކުދި ގުޅައާއި އަތުޖެހި އަޅާފައި ހުރި ބޮޑެތި ކޮތަޅުތައް ފެންނަން ހުރި އިރު، ތެތްލިފަތާއި ސަނާމުގާއި ކިއްލިއާއި ފޯއް ޕެކެޓުތަކެއްވެސް ފެނެ އެވެ.




20 Comments
ގުޅުންހުރި
އެމްޑީޕީގެ މުޒާހަރާ އިން ހައްޔަރުކުރި މީހުންނަށް ދައުވާ ނުކުރާން ނިންމައިފި
އިމްރާން، ރައީސަށް: ގޭންގުތައް ނައްތާލެވިއްޖެ ކަމަށް ވިސްނައިދިނުމަކީ ނުރައްކަލެއް
ބޮޑު ދަރަންޏެއް ދައްކަން ޖެހުނަސް، ޓެކްސް ބޮޑުކުރަން ނުޖެހޭނެ ގޮތަށް ރާވާފައިވާނެ:
ޓޫރިޒަމްގެ ކޮންޓްރޯލު އޮތީ ބޭރު މީހުންގެ އަތްމަތީ، ޑޮލަރު ހަރުނުލަނީ އެހެންވެގެން:
ކައުންސިލާ މެދު ޝަކުވާ ހުރި ކަމަށް ވިދާޅުވެ، ރައީސް މާލޭ ރައްޔިތުން
ކައުންސިލު އިންތިހާބަށް އޮފިޝަލުން ހޯދަނީ، މަރުކަޒުގެ ވެރިޔާއަށް 2900 ރުފިޔާ