ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އެކަކު ހޮސްޕިޓަލުން ދޫކޮށްލުމުން ހައްޔަރު

ހުޅުމާލެ ފޭސް 2، ނިރޮޅުމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން އެކަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި މަހުގެ ދަންވަރުގެ ވަގުތެއްގައި އެ އެކްސިޑެންޓް ހިނގީ ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލަކާއި ގަވާއިދާ އެއްގޮތަށް ދުއްވާފައި އައި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ފަސް މީހަކަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުންދިޔައިރު, އޭގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ކުރިން ބުންޏެވެ.

ފުލުހުން މިއަދު ބުނީ, އެ އެކްސިޑެންޓުގައި ތިން މީހުން އަރުވައިގެން ދުއްވި ސައިކަލުގައި އިން ލ. މާމެންދޫ/ އިރުމަތީގެ, މުހައްމަދު ސައިފް (27އ) ފަރުވާއަށްފަހު ދޫކޮށްލުމުން, 12 އޮކްޓޫބަރު ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދު ކުރަން އަމުރުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ, ސައިފަކީ ލައިސަންސް ނެތި ދުއްވުމުގެ 13 މައްސަލައެއްގެ ރެކޯޑާއި އަހަރީ ފީ އާއި ރޯޑްވާދިނަސް އަދި އިންޝުއަރެންސް ނެތި ދުއްވުމުގެ މައްސަލަތަކާއި މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ.