ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާއިން ވަކިކުރި މުވައްޒަފުން، އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅަން ބޭނުންވާނަމަ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.
އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގިނަ ރައްޔިތުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއް ފަހަރާ ވަޒީފާތަކުން ކަނޑަމުންދާތީ އެކަން ކުށްވެރިކޮށް އެކަން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.
ކުންފުނިތަކުގެ ވަޒީފާއިން މުވައްޒަފުން ކަނޑަމުންދާއިރު ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިހާބުގައި ތަކުރާރުކޮށް އެތައް ކެމްޕެއިން ޖަލްސާތަކުގައި އެކި ރަށްރަށުގައި ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައި ކަމަށް އެމްޑީޕީން ބުންޏެވެ.
”ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށެވެ. އަދި ވަޒީފާތަކުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގައި މި ޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.“ އެމްޑީޕީން ބުންޏެވެ.
އެމްޑީޕީން ބުނީ އިގުތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި އެތަކެއް އާއިލާތަކެއްގެ އާމްދަނީ ހުއްޓުވާލައި އެ އާއިލާތައް ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މުވައްޒަފުން ވަޒީފާއިން ވަކިކުރި ކުންފުނިތަކުގައިކުރިން ނުތިބޭވަރަށް ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރުންނާއި އިސް ވެރިން ސަރުކާރުން ވަނީ އައްޔަން ކޮށްފައި ކަމަށް އެމްޑީޕީން ބުންޏެވެ.
އަދި ބުނީ ސަރުކާރުގެ ސިޔާސީ މަގާމުތަކަށް ވެސް އެތައް ބަޔަކު ދަނީ އަދިވެސް އައްޔަނުކުރަމުން ކަމަށެވެ. ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންނަށް ސިއްރުކޮށްފައިވީ ނަމަވެސް އެ އަދަދު މިހާރު 2،000 އާ ގާތްކުރާނެ ކަމަށް ބެލެވޭ ކަމަށް އެމްޑީޕީން ބުންޏެވެ.
ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިންގައި ރައްޔިތުންނަށް ވީ ވައުދުތަކަކީ ރައްޔިތުންގެ ވޯޓު ހޯދުމަށްޓަކައި ހެދި ދޮގުތަކެއްކަން މިހާރު ސާބިތުވަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ
”އެއީ މަހުގެ އަގު 20 ރުފިޔާގައި ހިފެހެއްޓުމާއި، އަށް މަހުން ފުށިދިއްގަރުފަޅު ހިއްކުމާއި، އެކަނިވެރި މައިންނަށް ދޭ އެލަވަންސް 12،000 ރުފިޔާއަށް ބޮޑުކުރުމާއި، ސިޔާސީ މަގާމުތަކުގެ އަދަދު 700 އަށްވުރެ ގިނަނުކުރުމުގެ ވައުދާ، ރައީސް ސޯލިހުގެ ސަރުކާރުން ފްލެޓް ދިން ފަރާތްތަކަށް ފްލެޓް ހަވާލުކުރާނެ ކަމަށްވި ވައުދުތަކާއެވެ.“ އެމްޑީޕީން ބުންޏެވެ.

1 Comment
ގުޅުންހުރި
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
ކައުންސިލްތަކުގެ ބާރު ހަނިކުރުމަށް ގާސިމް ތާއިދު ކުރައްވައިފި
ކައުންސިލްތަކަށް ލިބޭ އާމްދަނީން ޓެކްސް ދައްކަން ޖެހޭނެ: ރައީސް
ހަމަހަމަ ހިދުމަތުގެ ޔަގީންކަމާ އެކު ރައީސްގެ ބ. އަތޮޅު ދަތުރު ނިންމަވާލައްވައިފި
މާމަޑުއްވަރީ އެއްބަސްވުން އުވާލުމަށްފަހު ހިތާދޫއާ އެރަށް ހަވާލުކުރާނަން: ރައީސް
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް