ޖުލައި 5, 2025

އަނެއްކާވެސް މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލައިފި

މީހަކު ރަހީނުކުރުމަށްފަހު އެ މީހާގެ އިނގިއްޔެއް ބުރިކޮށްލައިފި އެވެ.

އެ މައްސަލައިގައި ފުލުހުން ވަނީ 23 އަހަރުގެ މާފުށީ ޒުވާނަކު ހައްޔަރުކޮށްފަ އެވެ. އޭނާ ހައްޔަރުކުރީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ޖެހުން އަދި ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ތުހުމަތުގަ އެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ ތަހުގީގު މަރުހަލާ ނިމެންދެން އޭނާ ބަންދުކޮށްފަ އެވެ.

ބަންދު މަޖިލީހުގައި ފުލުހުން ބުނީ، ތުހުމަތު ކުރެވޭ ކުށް އޭނާގެ ކުރިކަމަށް ތުހުމަތުވާ މިންވަރެއްގެ ހެކި ލިބިފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ބަޔާނާއި ހެކީންގެ ބަޔާނާއި އަނިޔާ ލިބުނު މީހާއަށް ލިބިފައިވާ އަނިޔާގެ ފޮޓޯގެ އިތުރުން ސީސީޓީވީ ފުޓޭޖު ސްނެޕްޝޮޓްތައް ފުލުހުން ހުށަހެޅި އެވެ.

ފުލުހުން ކޯޓުގައި ބުނީ، އަނިޔާ ލިބުނު މީހާ ރަހީނުކޮށް އޭނާގެ އިނގިލި ބުރިކޮށްލުމުގައި ހައްޔަރުކުރި މީހާ ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.

2 Comments

  • Nasiha Moosa އޯގަސްޓް 24, 2024

    ބުރިކުރި އިނގިއްޔަށް ބުރިކުރި މީހާގެ ދެއިނގިލި ބުރިކުރުން ނޫންގޮތެއް ނެތް

  • Haasim Abdulla އޯގަސްޓް 24, 2024

    Keehkuran enme igihyeh athuge kudahulhun burikohlinama heskiyaafa salhivaane
    Okay next time

Leave a Reply to Nasiha Moosa Cancel reply