މިހާރު ދޫކޮށްފައިވާ ސްޓޭންޑަޑް އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުން މަހެއްގެ މައްޗަށް ކުރެވޭ ރާއްޖޭން ބޭރުގެ މުއާމަލާތްތައް 100 ޑޮލަރަށް ދަށްކުރަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ ބޭންކުން މި ބަދަލު ގެނެސްފައިވަނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް މިންވަރެއްގައި ހިފެހެއްޓިފައިވާތީ އެވެ.
ކޮވިޑަށް ފަހު އައި ޑޮލަރުގެ ތާށިކަމާ ގުޅިގެން ބީއެމްއެލް އިން އެންމެފަހުން އިނީ ކްރެޑިޓް ކާޑުން ބޭރުގެ މުއާމަލާތްތައް ކުރުމަށް މަހެއްގެ މައްޗަށް 750 ޑޮލަރުގެ ލިމިޓެއް ކަނޑައަޅައިފަ އެވެ. އަދި ޑެބިޓް ކާޑުގެ ލިމިޓެއްގެ ގޮތުގައި އޭރު ކަނޑައަޅާފައި ވަނީ 250 ޑޮލަރެވެ.
ކްރެޑިޓް ކާޑުގެ ލިމިޓު 90 ޕަސެންޓަށް ކަނޑާލި އިރު ޑެބިޓް ކާޑުގެ ޕްރައިމަރީ އެކައުންޓް ރުފިޔާ އެކައުންޓުގެ ގޮތުގައި ކަނޑައަޅާފައިވާ ނަމަ ރާއްޖޭން ބޭރުގެ މުއާމަލާތްކުރުމަށް އެއްވެސް އަދަދެއް ނުލިބޭ ގޮތަށް ވަނީ ބަދަލުކޮށްފަ އެވެ.




14 Comments
ގުޅުންހުރި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ފައިސާ ޗާޕުކުރަން އުޅޭތީ ޕެންޝަން އޮފީހުގެ ޗެއާމަންކަމުން އިނާޒް އިސްތިއުފާ ދެއްވައިފި
އަދާލަތުގެ ރައީސަކަށް ޝިފާން
ވަކިކުރީ ގާނޫނީ ހަމަތަކުން ބޭރުން، އަބުރު ކަތިލުމުގެ ބޭނުމެއް ނެތް: ސާޖިދު
ހިޔާގެ އަލިފާނާ ގުޅިގެން 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން
އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ނުވިސްނަން: ޓްރަމްޕް