އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި މައްސަލައިގައި ފުލުހުންގެ ހައްޔަރުގައި ހުއްޓައި އަމިއްލައަށް މަރުވާން އުޅުނު ށ. މިލަންދޫ/ ހެޕީލޭންޑް، އާދަމް އަތުހަރު، ދަންޖެހެން މަސައްކަތް ކުރި ވީޑިއޯ ފުލުހުން ނޫސްވެރިންނަށް ދައްކައިފި އެވެ.
އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ބައްދަލުވުމެއްގައި ފުލުހުން ވަނީ އަތުހަރު ބަންދުކޮށްފައިވާ ދޫނިދޫ ޖަލު ގޮޅީގެ އެޑިޓްނުކޮށް އޮތް ރޯ ފުޓޭޖް ނޫސްވެރިންނަށް ދައްކައިފަ އެވެ.
ވަރަށް ދިގުކޮށް ދެއްކި އެ ވީޑިއޯ އިން އަތުހަރު ގޮޅީގައި އުޅޭ މަންޒަރާއި ދަންޖެހޭ މަންޒަރާއި ފުލުހުން އެ ގޮޅިއަށް ވަންނަ މަންޒަރާއި ސްޓްރެޗާ އަށް ލައިގެން އޭނާ ގޮޅިން ނެރޭ މަންޒަރުވެސް ފެނެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައި ހުއްޓައި އަތުހަރު ދަންޖެހިގެން އަމިއްލައަށް މަރުވާން އުޅުނުކަން ފުލުހުން ހާމަކުރީ ރޭގެ ވަގުތެއްގަ އެވެ. އަދި ރޭ 9:57 ގައި ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވަނީ އަތުހަރަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ވެންޓިލޭޓަރުގައި ކަމަށް ވިދާޅުވެފަ އެވެ.
އަތުހަރުގެ އާއިލާ އިންނާއި ފުލުހުން ބުނެފައިވާ ގޮތުން އޭނާ މަރުވީ މިއަދު ހަވީރު 4:08 ހާއިރެވެ. އަތުހަރު މަރުވި އިރު، އޭނާއަށް ފަރުވާދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އައިސީޔޫގެ ވެންޓިލޭޓަރުގަ އެވެ.
އަތުހަރުގެ މަރާ ގުޅިގެން ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އޭނާގެ މަރު އެ އިދާރާ އިން ތަހުގީގު ކުރަމުން އަންނަ ކަމަށާއި މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ ޕޯސްޓް-މޯޓަމް އެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.
ގުޅުންހުރި
އިންނަމާދޫގައި 50 ހައުސިން ޔުނިޓާއި އޮޑިދޯނިފަހަރު ބަނުމުގެ ތަމްރީނުދޭ މަރުކަޒެއް ހަދަނީ
ރައީސް މުއިއްޒުވަރުގެ ރައްޔިތުންނަށް އޯގާތެރި ވެރިއަކު ނުލިބޭނެ: ފަލާހު
މަޑުއްވަރިއަށް އުފުލަންދޫ، މީދުއަށް ތާވަތާ ދޭން ރައީސް ނިންމަވައިފި
މަރާލަން ހަމަލާދިން މީހުންނާ ދެކޮޅަށް ޝަމީމު ހެކިބަސް ދެއްވައިފި
ފާލު ބަލައި ރޫހާނީ ފަރުވާދެމުންދިޔަ ގްރޫޕު އަތުލައިގެންފި
ބްރޯޑްކޮމްގެ ރައީސަކަށް ސަފާ އައްޔަންކޮށްފި