ގައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަ ދެއްކުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ނަމޫނާއެއް ކަމަށް ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ޑިމޮކްރަސީ ދުވަހުގެ މުނާސަބަތުގައި ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ރާއްޖޭގައި ޒަމާނުއްސުރެ އޮންނަ ސިޔާސީ ބަދަލުހިފުމަށް ރައީސް ނިމުމެއް ގެންނަވައި، ސިޔާސީ ކަންކަން ނިންމުމުގެ ރީތި ނަމޫނާ ދައްކަވަމުން ގެންދަވާ ކަމަށެވެ. އަދި މުއައްސަސާތައް ބޭނުންކޮށްގެން ވާދަވެރި ސިޔާސީ ފަރާތްތަށް ކަސްތަޅު އަޅުވައި ގައިދުކުރުމުގެ ސަގާފަތް މި ވެރިކަމާއެކު ނިމުމަކަށް އައިސް ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން މިނިވަންކަމާއެކު ވާދަކުރުމުގެ ފުރުސަތު ސިޔާސީ ޕާޓީތަކަށާއި ލީޑަރުންނަށް ފަހިވެފައިވާ ކަމަށްވެސް ބުންޏެވެ.
”ވާދަވެރިންގެ އަނބުރަށް އަރައިގަތުމާއި ރުޅިވެރިކަމާއި ނަފުރަތުގެ ހުޅު ރޯކުރުން ނިމުމަކަށް ގެންނެވުމަށް މަޑުމައިތިރި ކަމާއެކު ގައުމީ މައްސަލަތަކާމެދު ތެދު ބަހުން ވާހަކަދެއްކެވުމުގެ ފުރިހަމަ ނަމޫނާ ދައްކަވަމުން ގެންދަވަނީ، އިސްލާމީ އަހުލާގީ ގިއުގަނޑުގެ ތެރޭގައި ޑިމޮކްރެޓިކް މާހައުލެއް ބިނާކުރާނެ ގޮތް އަމަލުފުޅުންނާއި ބަސްފުޅުން ތަމުސީލު ކޮށްދެއްވަމުންނެވެ“ ޕީއެންސީން ބުންޏެވެ.
އެ ޕާޓީން ބުނީ. ހުދުމުހުތާރުކަމާއި އަނިޔާވެރިކަމާއި އިސްނުކުރައްވައިވެސް ވާދަވެރި ސިޔާސީ މާހައުލެއް ދެމެހެއްޓޭނަންވެސް ރައީސް ސާބިތުކޮށްދެއްވަމުން ގެންދަވާ ކަމަށެވެ.
”ދިވެހިރާއްޖޭގެ ޑިމޮކްރެސީއާއި ދައުލަތުގެ ހިންގުން ހަރުދަނާކުރައްވައި، އިސްލާމީ ގިއުގަނޑުގެ ތެރޭގައި، ދިވެހިވަންތަ އުސޫލުތަކުގެ މަތީގައި ދިވެހި ދައުލަތް ޒަމާނީ ކުރިއަރާފައިވާ ދައުލަތެއްގެ ގޮތުގައި ބައްޓަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކޮށް ކޮންގްރެސް ޕާޓީން ޝުކުރު ދަންނަވަމެވެ.“ ޕީއެންސީން ބުންޏެވެ.




3 Comments
ގުޅުންހުރި
ކައުންސިލުތަކުގެ ޒިންމާއަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދިނުން: ހަލީމް
ރާފިއު، ވާދަވެރިންނަށް: މަގުގެ އެއްކޮޅުން އަނެއްކޮޅަށް ދުއްވާލިޔަސް، ގެނެސްދިން ތަރައްގީ އެނގޭނެ!
ތެލަސީމިއާ ސެންޓަރުން ހުކުރު ދުވަސްތަކުގައި ވެސް ހިދުމަތްދޭން ފަށައިފި
މާ މޮޅު ގޮތެއް އޮތް ކަމަށް ވިދާޅުވެ، ވާހަކަ އެ ދައްކަނީ
ޕީއެންސީއަށް ވޯޓު ދިނުމަކީ ގައުމީ ވާޖިބެއް، 80 ޕަސަންޓުން ކާމިޔާބުވާނެ: އާދަމް
އިންސާނީ ކަރާމާތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ: ރައީސް