ދެ ދަރިންންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެ ކުދިންގެ ބައްޕަ ހައްޔަރުކޮށްފި އެވެ.
ފުލުހުން ދެންމެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭ ދަންވަރުގެ ވަގުތެއްގައި ރިޕޯޓްކުރި އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ މީހެއް ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
އަދި ހުށަހެޅި މައްސަލައިގައި އެ ފިރިހެން މީހާގެ ދެ ދަރިންގެ އިތުރުން ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށްވެސް ބުނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް އަނެއްކާވެސް ވަނީ އިތުރުވެފަ އެވެ.
އެގޮތުން ތ. އަތޮޅުގެ ރަށެއްގައި ކުޑަ އަންހެން ކުއްޖަކަށް ޖންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އިއްޔެ ވަނީ ރިޕޯޓްކޮށްފަ އެވެ. އެ މައްސަލަ ފުލުހުންނާއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވަނީވެސް ކުޑަ ކުއްޖެކެވެ.

1 Comment
ގުޅުންހުރި
އިޒްރޭލުގެ އަނިޔާވެރިކަން އަލުން ފެށުން: ޝަހީދުވި މީހުންގެ އަދަދު 400 އަށް،
ހުއްޓިފައި އޮންނަތާ 11 މަސް ފަހުން ރައީސްގެ ޖަވާބު ސިލްސިލާ އަލުން
ކުއްޖާގެ ކަރާމަތް ނަގާލީ ސާޖިދާ ކަމަށް ބުނެ އެމްޑީޕީން ފުލުހަށް މައްސަލަ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝާހިދުގެ ނަން ކޮމިޓީން ފާސްކޮށްފި
ތޫނު އެއްޗަކުން ސޭޓަށް ބިރު ދައްކައި ސިނގިރޭޓްއާއި ފައިސާ ފޭރިއްޖެ
ސުޕްރީމް ކޯޓަށް އައްޔަންކުރަން ފަނޑިޔާރު ޝަހީދުގެ ނަން ދިރާސާކުރަން ކޮމިޓީ އަށް