އދ. ދިގުރަށް ކައިރިން އެކްސްކާޝަނަށް ދިޔަ ދޯންޏަކުން ފުންމާލި ފުރާވަރުގެ ފަތުރުވެރިއެއްގެ ގައިގައި ދޯނީގެ ބުރަފަތިން ޖެހި މަރުވެއްޖެ އެވެ.
’ހަފްތާ‘ އަށް އެނގިފައިވާ ގޮތުގައި މިއަދު ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި މަރުވެފައިވަނީ ފުރާވަރުގެ އަންހެން ކުއްޖެކެވެ. އޭނާގެ ސީދާ އުމުރެއް އަދި ގައުމެއް ކަށަވަރެއް ނުވެ އެވެ. ނަމަވެސް އެ ކުއްޖާ އެކްސްކާޝަން އަށް ދިޔައީ އާއިލާ އާއެކު ކަމަށް އެނގިފައިވެ އެވެ.
އިތުރަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ މަރުވީ ދިގުރަށުން އެކްސްކާޝަނަށް ދިޔަ ދޯނިން ފުންމާލި ވަގުތު، ދޯނީގެ ބުރަފަތީގައި ޖެހިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. އެގޮތުން ހަށިގަނޑުގެ ވަރަށް ގިނަ ތަންތަން ކަފައިގެން ގޮސް ގިނަ އަދަދެއްގެ ލޭ ފޭބި ކަމަށް އެނގިފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ދިގުރަށަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ އެވެ. ނަމަވެސް މި ހާދިސާގެ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހިއްސާ ކޮށްފައި ނުވާތީ އެކަން އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.




4 Comments
ގުޅުންހުރި
ގާސިމްގެ އާއިލާއަށް ނުގުޅަން އޭނާގެ ގާތިލު އަދުހަމަށް އަންގައިފި
ރޯވި ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވާން އެދިއްޖެ
މަރުގެ މައްސަލައިގައި ހައްޔަރުކުރި ލަންކާ މީހާ ފިލައިގެން ދާން އުޅުނުކަމުގެ ތުހުމަތު
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، މީހަކަށް އަނިޔާއެއް ނުވޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެނޭ
ބަންޑުން ޖަހާލި ދޯނިން ގެއްލުނު ދިވެހި މީހާ މަރުވެފައި އޮއްވައި ފެނިއްޖެ