ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކި މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހަކު ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކަން ކުރެވުނީ ބަނޑުހައިވެފައި ހުރުމުގެ ސަބަބުން ކަަމަށް ބުނެފި އެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 34އ ދިވެހި ފިރިހެނެކެވެ. ފުލުހުން އޭނާއަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދެއްކުމުގެ ކުށުގެ ތުހުމަތެވެ.
އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދަށް 15 ދުވަސް ޖަހައިދީފަ އެވެ.
ކޯޓު އަމުރުގައި ބުނެފައިވާ ގޮތުން އޭނާ އެ ކުށް ކުރިކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ފުލުހުން ވަނީ ހެކި ހުށަހަޅައިފަ އެވެ. އެ ހެކިތަކުގެ ތެރެއިގައި ސީނަށް ދިޔަ ފުލުހުންގެ ޙާދިސާ ރިޕޯޓު ހިމެނެ އެވެ.
އެ ކުށުގެ ތުހުމަތުވާ ފަރާތުން ވަނީ އެ ކުށަށް ކޯޓުގައި އިންކާރުކޮށްފަ އެވެ. އެގޮތުން އޭނާ ކޯޓުގައި ބުނެފައިވަނީ އެކަން އޭނާއަށް ކުރެވުނީ ބަނޑުހައިވެފައި ހުރުމުން ކަމަށެވެ.
ނަމަވެސް އޭނާގެ ފަރާތން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ގާޒީ ނިންމެވީ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ.
އެގޮތަށް ނިންމެވީ އިސްގާޒީ އާދަމް މުހައްމަދެވެ.




ގުޅުންހުރި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!
ބައި ކިލޯގެ ޑުރަގާއެކު ހައްޔަރުކުރުމުން ބަންދަށް ޖެހީ 5 ދުވަސް!
”ރާޔާ މާލެ“: މިއީ ސްކޭމެއް!
އޮޅުވާލައިގެން ފައިސާ ހޯދައި، މަނީ ލޯންޑާ ކުރަމުންދިޔަ ބަންގްލަދޭޝް ގުރޫޕެއް އަތުލައިގެންފި
އެއާޕޯޓުން ފައިސާތަކެއް ފޭރުން: ދެ މަސް ފަހުން 8 ވަނަ މީހަކު