އައިޖީއެމްއެޗުގައި މަސައްކަތް ކުރަމުންދިޔަ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތް ލަމްހާ، ގައިދީންތަކަކަށް މަރުގެ އިންޒާރުދީ މާރާމާރީ ހިންގި މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށް ދައުލަތުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ވަނީ ލަމްހާގެ ބަންދު މުރާޖާކުރުމުގެ އަޑުއެހުމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ އަޑުއެހުމުގައި ދައުލަތުން ބުނީ ލަމްހާ ގައިދީންތަކަކަށް މަރުގެ އިންޒާރުދީ މާރާމާރީ ހިންގި މައްސަލަ ކަމާބެހޭ މުއައްސަސާތަކަށް ހުށަހަޅައިފައިވާތީ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ލަމްހާގެ ފަރާތުން މުޖުތަމައަށް އޮތް ނުރައްކާ ކުޑަނުވާތީ އޭނާ ބަންދުން ދޫކޮށްލުމަށް ދެކޮޅު ކަމަށް ދައުލަތުން ވިދާޅުވި އެވެ.
ލަމްހާ، ގައިދީންތަކަކަށް މާރާމާރީ ހިންގައި މަރުގެ އިންޒާރު ދީފައިވަނީ ކޮން ދުވަހަކުތޯ މައްސަލަ ބައްލަވާ ގާޒީ ހުސެއިން ފާއިޒް ރަޝާދު ސުވާލުކުރެއްވުމުން ދައުލަތުން ބުނީ ލަމްހާއާ ދެކޮޅަށް ގައިދީންތަކެއް އެ މައްސަލަ ހުށަހެޅީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކަމަށާއި މައްސަލަ ހުށަހަޅާފައިވަނީ އެޗްއާރްސީއެމް އަދި ފުލުހަށް ކަމަށެވެ.
ދައުލަތުން އެކަން ފާހަގަކުރި ނަމަވެސް ގާޒީ ނިންމެވީ ޝަރުތުތުތަކަކާއެކު ލަމްހާ ބަންދުން ދޫކޮށްލުމަށެވެ. އެގޮތުން ގާޒީ ނިންމެވީ ތިން މަސް ދުވަހަށް ލަމްހާ ގޭބަންދަށް ބަދަލުކުރުމަށެވެ. އެ ޝަރުތުތަކާ ލަމްހާ ހިލާފުވެއްޖެނަ އަލުން އަނބުރާ ބަންދުކުރާނެ އެވެ.
ލަމްހާއަށް ކުރި ޝަރުތުތައް:
– ރާއްޖެއިން ފުރައިގެން ނުދިއުން
– ގާނޫނާ ހިލާފު އަމަލެއް ނުވަތަ އިތުރު ކުށެއް ނުކުރަން
– ކޯޓުން އަންގާ ކޮންމެ ވަގުތެއްގައި ކޯޓަށް ގަޑިއަށް ހާޒިރުވުން
– ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށާއި މާލެއިން ބޭރަށް ފުރައިގެން ނުދިއުން؛ އެގޮތަށް ދާނަމަ ކޯޓުގެ ހުއްދަ ހޯދުމަށް
– މައްސަލައިގައި ހެކިބަސް ދީފައިވާ އެއްވެސް މީހަކާއި މޭރީގެ އާއިލާ މީހަކާވެސް ބައްދަލުނުކުރުން
– ވަކި ގަޑިތަކެއްގައި ގޭގައި ހުރުން
މޭރީގެ މަރުގެ މައްސަލައާ ގުޅިގެން ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލަ އެވެ. އެއީ އެނގި ހުރެ މީހަކު މެރުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ކުށުގެ ދައުވާ އެވެ.
އެ ދައުވާތަކާ ގުޅިގެން ކްރިމިނަލް ކޯޓުން ވަނީ 2021 ވަަނަ އަހަރު ތެރޭގައި ލަމްހާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ.
2 Comments
ގުޅުންހުރި
ޒަކިއްޔާ މަރާލި ކަމުގެ ހެއްކެއް ނެތް: ފުލުހުން
ގެއެއްގެ ތެރެެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ހުޅުމާލެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ޑރ. ނިޔާފުގެ ހެކިބަސް: ފަރުވާ ދެމުންދަނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު
ރޭސް ކާރު އެކްސިޑެންޓް: ކާރު ދުއްވި އިކްރާމް ކުށަށް އިއުތިރާފުވެއްޖެ
މަންޑޭގެ މުދާތައް ޝަރީއަތް ނިމެންދެން ހިފަހައްޓަން އަމުރުކޮށްފި