ޑުރަގުގެ މައްސަލައެއްގައި އުމުރުން 65 އަހަރުގެ މީހަކު ހައްޔަރުކޮށްފި އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެޑް އޮފް ޑްރަގް އެންފޯސްމެންޓް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވީ ރ. އިންނަމާދޫ/ ފެރޯމާގެ، މުހައްމަދު ސަލީމު، ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހު ފުލުހުން ހިޔާ ޓަވަރެއްގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެއީ ކޮން ޓަވަރެއް ކަމެއް ވިދާޅެއް ނުވެ އެވެ.
އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ސަލީމް ބަލައި ފާސްކުރިއިރު، ޑުރަގް ހުރި ކަމަށް ޝައްކުކުރެވޭ 13 ރަބަރު ޕެކެޓާއި އޭނާގެ އެޕާޓްމެންޓުން އަށް ރަބަރު ޕެކެޓު ފެނުނު ކަމަށްވެސް ވިދާޅުވި އެވެ.
ނާހިދު ވިދާޅުވީ، ސަލީމަކީ 2016 ވަނަ އަހަރު ޑައިމޯފިން ޓްރެފިކްކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް ދައުވާކުރުމުން 17 މާޗު 2019ގައި އުމުރު ދުވަހަށް ޖަލަށްލި މީހެއް ކަމަށެވެ. އަދި 6 އޮކްޓޯބަރު 2022ގައި ހައިކޯޓުން އެ ހުކުމް ދަމަހައްޓާފައި ވަނިކޮށް 8 ޖުލައި 2021 ގައި ސަލީމު ގޭބަންދަށް ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.
”މީނާއަކީ ވަރަށް ކުރީއްސުރެވެސް މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާ ފަރާތެއް. އެހެންވީމަ ގޭބަންދަށް ބަދަލުކުރީމަވެސް ހަމަ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅެމުން މިގެންދިޔައީ.. ދެން އެހެންވީމަ އޭނާއަކީ ވަރަށް ގިނަ މީހުންނާ، މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ވަރަށް ގިނަ މީހުންނާ ގުޅުން އޮންނަ މީހެއް އެހެންވީމަ އޭގެ ތެރެއިން މަސްތުވާތަކެތި ގޭބަންދުގައި ހުއްޓަސް މި ހޯދަނީ،“ ނާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ މައްސަލައިގައި ސަލީމް ހައްޔަރުކޮށް 15 ދުވަހަށް ބަންދުކޮށްފައިވާއިރު، ޑައިމޯފިން ޓްރެފިކް ކުރުމުގެ އިތުރު މައްސަލައެއްގައި ހުޅުމާލޭ ކޯޓުން ސަލީމުގެ މައްޗަށް މިހާރުވެސް ޝަރީއަތް ހިނގަމުންދާ ކަމަށެވެ.

8 Comments
ގުޅުންހުރި
މި ސަރުކާރު ވައްޓާލެވޭނެ ވަރުގެ ފަނިތައް ވިހާނީ ޕީއެންއެފްގެ ހާލުން: ޔާމީން
ނާޒިމްގެ އަނބިކަނބަލުން ސީއެސްސީއަށް އައްޔަންކުރަނި
އެސްޓީއޯ އާއި މަކިޓާގެ ގުޅުމަށް 25: މަކިޓާގެ ޕްރޮޑަކްޓްތަކުން 25 ޕަސެންޓް
އެމްޑީޕީގެ މަގުސަދަކީ މުއައްސަސާތަކައް އައްޔަން ކުރަން ފޮނުވާ މީހުންގެ އަބުރު ކަތިލުން:
މަގު ހެދުމުގެ މަސައްކަތަށް ބޮޑުތަކުރުފާނުގެ މަގުގެ އެއް ބަޔާއި ފަޅުގެ ބައެއް
ކުރު ވާހަކަ: ހަނދާން