އިޒްރޭލުން ގާޒާގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅިގެން އިޒްރޭލު ރައްޔިތުން ރާއްޖެ އަޔަނުދިނުމަށްޓަކައި، އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ގޮތުން ”ދިވެހިރާއްޖޭގެ އިމިގްރޭޝަން ގާނޫނު“ އަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ މަސައްކަތް އަވަސްކުރަން ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރު މަޖިލީހުން ބޭރު ކޮށްލައިފި އެވެ.
އެ ގަރާރު ބޭރުކޮށްލީ، ވެރިކަންކުރާ ޕީއެންސީ އާއި އެޕާޓީގެ ކޯޅީޝަން ޕާޓްނާ ޕާޓީތައް ހިމެނޭހެން 63 މެންބަރުން ވޯޓުންނެވެ.
އެ ގަރާރު ބޭުކޮށް ނުލުމަށް ވޯޓު ދެއްވީ ޕީއެންސީގެ އެންމެ މެންބަރަކެވެ. އެއި މަހިނބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ.
އޭގެ އިތުރުން އަމިއްލަ މެންބަރެއް ކަމަށްވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހުމާންވެސް ވޯޓު ދެއްވި ގަރަރު ބޭރުކޮށްނުލުމަށެވެ. އެ މެންބަރުންނާއި އެމްޑީޕީ މެންބަރުންނާއެކު 15 މެންބަރުން އެ ގަރާރު ޞޭރުކޮށް ނުލުމަށް ވޯޓު ދެއްވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް ހުށަހެޅުއްވިމި ގަރާރަކީ، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަަސައްކަތް އަވަސްކުރަން ގޮވާލަން ގަރާރު ހުށަހެޅިއިރު، އެ ބިލުގެ މަސައްކަތް އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ)ގައި ތާށީވެފައެވެ.




4 Comments
ގުޅުންހުރި
ދަރިފުޅު ބެލުމަށް މުވައްޒަފުންނަށް އިތުރު ވަގުތު ދޭން އިސްލާހެއް
ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ އެއްފަހަރާ ނެގޭ ގޮތް ހަދަން
ރަނގަޅު ގޮތަކީ ކައުންސިލު އިންތިހާބާއެކު ހިޔާލު ހޯދުމުގެ ވޯޓު ނެގުން: އުޝާމް
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!