އިޒްރޭލާ ދެކޮޅަށް ގައުމުތަކުގެ އިގްތިސޯދީ ބާރުތައް ބޭނުންކުރަން ރައީސް ގޮވާލައްވައިފި

ފަލަސްތީނުގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށް އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޖަރީމާތައް ހުއްޓުވަން، މުޅި ދުނިޔޭގެ ހުރިހާ އިގްތިސޯދީ ބާރަކާއި ސިޔާސީ ބާރެއް ބޭނުންކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކުރުމަށް މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދނުމަށާއި އެ ގައުމުގެ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ އިން އަބަދުވެސް ސާބިތުކަމާ އެކު ދެމިއޮންނާނެ ކަމަށެވެ.

”އިޒްރޭލުގެ ގާނޫނާ ހިލާފު އިސްތިއުމާރު ނިމުމަކަށް ގެނެސް، ހަނގުރާމައިގެ ނަމުގައި ހިންގާ ޖަރީމާތަކާއި ނަސްލު ނައްތާލުމުގެ އަމަލުތަކުގެ ފަހަތުގައި ތިބި ހުރިހާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށްޓަކައި، މުޅި ދުނިޔޭގެ ފުރިހަމަ ސިޔާސީ އަދި އިގުތިސާދީ ބާރެއްގެ ބޭނުން ހިފަން ރާއްޖޭން ގޮވާލަން،“ ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ނިކަމެތިކަމާއި ހިތްދަތިކަމަކީ، ކޮންމެ ދިވެއްސަކަށް ވެސް އަމިއްލަ އަށް ކުރެވޭ އިހުސާސެއް ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ފަލަސްތީނުގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި އެ ގައުމުގެ މުސްތަގިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅަން ޖެހޭ ކަމަށެވެ.

 

3 Comments

  • Mohamed Imran ނޮވެމްބަރ 29, 2024

    Passport manaakuran nukerun findieh molhethi vaahaka nudhakabala

  • Ahmed Vaarey ނޮވެމްބަރ 29, 2024

    Thee istael aa ehkolhu verieh dhee?

  • Elvy Arivle ޑިސެމްބަރ 1, 2024

    Raees thihen bunyma mihaaru vany joke akah😂

Leave a Reply to Mohamed Imran Cancel reply