ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ އޮފީސް ހިންގަން އިމަރާތެއް މަހަކު 580،000 ރުފިޔާއަށް ކުއްޔަށް ހިފައިފައި އެތަން ”އެމްއެމް ޓީވީ“ ހިންގަން ދީފައިވާ ކަމަށް ބުނެ އެންސްޕާއަށް އަމާޒުވަމުންދާ ތުހުމަތުމައް އެ އެޖެންސީން ދޮގުކޮށްފި އެވެ.
އެންސްޕާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އެޖެންސީއާ ގުޅޭ ގޮތުން ބައެއް ނޫސްތަކުން ފަތުރަމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެންސްޕާ ހިންގަން އިމާރާތެއް ހޯދުމުގެ މުއާމަލާތަކީ ފިނޭންސް މިނިސްޓްރީ އާއި އެޖެންސީއާ ދެމެދު އެކަން ކުރުމަށް ކަނޑައެޅިފައިވާ ގަވާއިދާ އުސޫލުގެ ތެރެއިން ކުރެވިފައިވާ މުއާމަލާތެއް ކަމަށާއި އެއީ އާންމު މައުލޫމާތުގެ ގޮތުގައި ހާމަކަން ބޮޑު ގޮތެއްގައި ފިނޭންސް މިނިސްޓްރީގެ މަންސަތަކުގައި ފެންނަން ހުރި މައުލޫމާތު ކަމަށް އެންސްޕާއިން ބުންޏެވެ.
”ރައްޔިތުންގެ އިޖުތިމާއީ ރައްކާތެރިކަމާ ގުޅުން ހުރި މިފަދަ މުއައްސަސާއަކާ ގުޅޭ ގޮތުންނާއި މި މުއައްސަސާގެ މުވައްޒަފުންގެ ނަޒާހަތްތެރިކަމާ މެދުގައި ރައްޔިތުންގެ މެދުގައި ކަންބޮޑުވުމާއި ޝައްކު އުފެދޭ އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުން ދިއުން ކުށްވެރި ކުރަމެވެ. މިފަދަ މައުލޫމާތު ފަތުރާ ފަރާތްތަކުގެ ޝަކުވާ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ވާހަކަވެސް ދަންނަވަމެވެ،“ އެންސްޕާއިން ބުންޏެވެ.
އެޖެންސީ ހިންގުމަށް ބޭނުންވާ މުވައްޒަފުން ހޯދާ އެ މުވައްޒަފުންނަށް ޒިންމާތައް ހަވާލުކޮށްފައިވާނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އެންސްޕާއިން ބުންޏެވެ.




5 Comments
ގުޅުންހުރި
ބޭސްފަރުވާގެ އެހީގެ ގޮތުގައި މިދިޔަ މަހު 35 މިލިއަން ރުފިޔާ ދިނިން:
5 މަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރަށް 500 މީހުން
ރައީސް ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލެ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސްގެ ބައްދަލުވުންތަކުގެ ކުރިން ސުވާލު ނުވަތަ ހިޔާލު ހުށަހަޅަން ނުޖެހޭނެ: ހީނާ
ރައީސް، ވިލިމާލޭ ރައްޔިތުންނާ މާދަމާ ބައްދަލުކުރައްވަނީ
ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައި، ސަރުކާރުން ބުނަނީ ހަ ގަޑިއިރުތެރޭ ހައްލުކޮށްދޭނެ ކަމަށް