އަންނަ އަހަރުގެ ތެރޭގައި އއ. މަތިވެރީގައި ހަދަން ނިންމި އެއާޕޯޓުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަތިވެރި ފަޅުގައި އއ. އަތޮޅުގެ ފުރަތަމަ އެއާޕޯޓް އެޅުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސް އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިރޭ މަތިވެރީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ އެއާޕޯޓެއް އެޅުމަކީ މަތިވެރި ދާއިރާއަށް ވަރަށް މުހިންމު ކަމެއް ކަމަށާއި ހާއްސަކޮށް ޓޫރިޒަމަށް ބަރޯސާވެފައިވާ މި އަތޮޅަށް އެއާޕޯޓެއް ބޭނުންވާ ކަމަށެވެ.
”އަންނަ އަހަރު އަލަށް ފަށާ މަޝްރޫއުތަކުގައި އެންމެ ފުރަތަމަ އަޅާ އެއާޕޯޓުތަކުގެ ތެރޭގައި މި ރަށުގައި [މަތިވެރީގައި] އެއާޕޯޓު އެޅުން ހިމެނޭ،“ ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މި އަހަރު އެއްވެސް މަސައްކަތެއް ނުކުރެވުނީ ސިޔާސީ ވިސްނުމެއްގައި މި ސަރުކާރަށް އުނދަގޫކުރަން، އޭރުގެ ސަރުކާރުން ފާސްކުރި ބަޖެޓުގެ ސަބަބުންނެވެ. ނަމަވެސް 2025 އާއި 2026 ވަނަ އަހަރު ވާނީ އެ މަނިކުފާނުގެ ރިޔާސީ ވައުދުތައް ފުއްދުމުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާނެ ދެ އަހަރަށް ކަމަށް ރައީސް ވިދާޅުވި އެވެ.

19 Comments
ގުޅުންހުރި
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް އެސްޓީއޯ އިން ބާޒާރަށް
ދެ ކޮންޓެއިނަރު ސިނގިރޭޓު ”ގެއްލުން“: އާއްޓޭގެ ބަންދަށް 15، ދިގަލީގެ ބަންދަށް
އެމްއޭސީއެލް އިންވެސް ރަސްމާލެ ހިއްކަން ފަށަނީ, މިއީ އެތަން ހިއްކަން ހަވާލުވާ
ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި ބިދޭސީން ރެކްރޫޓްކުރާ
މައުންޓް ލެވޮޓޮބީ ލަކި-ލަކި އަނެއްކާވެސް ގޮވައިފި, އަޅިތައް 10 ކިލޯމީޓަރު އުހަށް
ދަތުރު ކުރަމުންދިޔަ ބަހެއްގައި ރޯވެ 20 މީހަކު ފިހިގެން މަރުވެއްޖެ