ރާއްޖެއަށް މިފަހުން ކުރި ވިއްސާރަ އާ ގުޅިގެން ހުޅުމާލޭ ސަހަރާގެ ފެންފަށަލަ ވަރަށް ބޮޑަށް ތިލަވެ މީހުން ވަޅުލުމަށް ދަތިތަކާ ކުރިމަތިވުމުން، ހުޅުމާލޭގައި މަރުވާ މީހުން ވަޅުލުން ވަގުތީގޮތުން އާސަހަރާއަށް ބަދަލުކޮށްފި އެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ހުޅުމާލެ ސަހަރާގެ ފެން ފަށަލައިފައި އަށް އިންޗި އައި ނުވަ އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރި ކަމަށެވެ.
”ހުޅުމާލެ ސަހަރާގެ ފެން ފަށަލައިގައި އަށް އިންޗި އާއި ނުވަ އިންޗިއާ ދެމެދުގެ މިންވަރަކަށް ފެން ހަރުލާފައި ހުރުމުގެ ސަބަބުން ކަށްވަޅު ކޮނެ ސަންދޯއް ބެހެއްޓުމަށް ދަތިވެފައި ވާތީ މި ވަގުތަށް ހުޅުމާލެ ސަހަރާގައި މީހުން ވަޅުލެވެން ނެތް ވާހަކަ ހިތާމަ އާއެކު ދަންނަވަމެވެ،“ މާލެ ސިޓީ ކައުންސިލުގެ ޕޯސްޓުގައި ބުންޏެވެ.
މީހުން ވަޅުލުމަށް އާންމުކޮށް، ފަސް ފޫޓަށްވުރެ ފުންކޮށް ކަށްވަޅު ކޮނެ އެވެ. އެހެންކަމުން ފެންފަށަލަ އަށް އިންޗިއަށް ތިލަވެފައިވާ ނަމަ، ބިންގަނޑުން ފެށިގެން އަށް އިންޗި އަޑީގައި ހުންނާނީ ފެނެވެ.
މީގެ ކުރިން ވެސް ރާއްޖެއަށް ބޯކޮށް ވިއްސާރަ ކުރުމުން ހުޅުމާލެ ސަހަރާގައި މި މައްސަލަ ދިމާވެ އެވެ. އެ މައްސަލަ ދިމާވަނީ އިންސާނުން އަމިއްލައަށް ހިއްކާފައި އޮންނަ ބިންތަކުގަ އެވެ. ގުދުރަތީގޮތުން އުފެދިފައި ހުންނަ ރަށްރަށުގައި މި މައްސަލަ ދިމާނުވަނީ، ފެން ހިނދިގެން ދާނެ ޖާގަ ގުދުރަތީ ގޮތުން ބިމުގައި ހުންނާތީ އެވެ.

ގުޅުންހުރި
ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ ދުވަހުގެ އަދަދު 12 ޕަސެންޓު ދަށަށް
އިންވެސްޓްކުރާ މަހުޖަނުންނަށް ރާއްޖޭގައި ދިރިއުޅެވޭ ގޮތް ހެދުމުގެ މަޝްރޫއެއް ފަށައިފި
މަހަށް ނުކުތް ޒުވާނުންތަކެއް މާވަހަރެއް ހޮވައިފި
ޓްރީ ޓޮޕާއި އޭޑީކޭ އިން މިދިޔަ މަހު ފަރުވާ ހޯދި މީހުނަށް
ރުކުމާ އަނެއްކާވެސް އެހެން ކުންފުންޏަކަށް، މިފަހަރު ފެނަކައިން މޯލްޑިވް ގޭހަށް
ރަސްމާލޭގައި ފްލެޓް އެޅުމުގެ ފުރުސަތު ސިންގަޕޫރުގެ އިންވެސްޓަރުންނަށް ހުޅުވާލައިފި