ސައުތު ކޭޓަރިންގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ގަވާއިދުން މުސާރަ ނުދޭ ކަމަށް ބުނާ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނ ސައުތް ކޭޓަރިންގެ މުވައްޒަފުންނަޑށް މުސާރަ ނުދޭ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
”ސައުތު ކޭޓަރިންގެ މުވައްޒަފުންތަކަކަށް މުސާރަ ޤަވައިދުން ނުދޭ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައި. މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ހިއުމަން ޓްރެފިކިން ޑިޕާޓްމަންޓުން ދަނީ ބަލަމުން.“ ފުލުހުން ބުންޏެވެ
ސައުތު ކޭޓަރިން އަކީ ސައުތު އެންޓަޕްރައިޒެސްގެ ދަށުން ހިންގާ ވިޔަފާރި އެކެވެ. ސައުތު ކޭޓަރިންއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭޓަރިންގެ ހިދުމަތް ދޭ އެއް ވިޔަފާރި އެވެ.
އެ ކުންފުނީގެ ދަށުން މާލެ ސަރަހައްދުގައި ކެފޭ ރެސްޓޯރެންޓު ވެސް ހިންގަ އެވެ.




1 Comment
ގުޅުންހުރި
ދެ ތަނެއް ބަލައިފާސްކޮށް، ޑުރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
މާރާމާރީ ހިންގި މައްސަލައެއްގައި އަނެއްކާވެސް ފުލުހަކު ހައްޔަރަށް
ދޯންޏެއްގައި އެކަނި ދަތުރަކަށް ނުކުމެ އުޅުނު މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތްކޮށްފި
އޭސީ އައުޓްޑޯ ޔުނިޓެއް ވަގަށް ނެގި މީހާ ބުނީ އެއީ މީހަކު
މަސްވެރިންގެ މުޒާހަރާ: ފުލުހުންގެ ފައުޖެއް އަރައި މައުރޫފާއި 3 މީހަކު ހައްޔަރުކޮށްފި