އުމްރާއަށް ދިޔަ 85 އަހަރުގެ ދިވެެއްސަކަށް ނިއުމޯނިޔާ ޖެހިގެން އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފޭސްބުކުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމްރާގެ އަޅުކަން އަދާކުރަން ދިޔަ ރާއްޖޭގެ އުމުރުން 85 އަހަރުގެ ފިރިހެން ބޭފުޅަކު ނިއުމޯނިޔާޖެހި މިވަގުތު މައްކާގެ ނޫރު ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށެވެ.
އަދި އެމީހާ ގެނައި ގްރޫޕުން އޭނާއަށް ވަރަށް ރަނގަޅު ކަމަށް ޝަހީމް ވިދާޅުވި އެވެ.
އައިސީޔޫގައި ފަރުވާދެމުންދާ މީހާގެ އާއިލާގެ މީހަކު ގާތުގައި މިވަގުތުގައި ނެތް، ނަމަވެސް އޭނާގެ ދަރިޔަކު މާދަމާ މައްކާއަށް ދާ ކަމަަށް ޝަހީމް ވިދާޅުވި އެވެ.
ބަލި މީހާގެ ކަންކަން ގާތުން ބަލަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.

2 Comments
ގުޅުންހުރި
އިނގުރައިދޫ މީހުން މިދިލިއޮށް ހޮވުން ކައުންސިލުން މަނާކޮށްފި
ދުންފަތް ވިޔަފާރިކުރުމުގެ ލައިސެންސް ހޯދަން ހުޅުވާލައިފި
ކިނބޫ އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންގޮސްފި
ރިސޯޓެއް ކައިރިން ކިނބުލެއް ފެނިއްޖެ
މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާން އަންހެނަކު ވެއްޓިފައި އޮއްވާ ފެނިއްޖެ،
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް