ފުލުހުންނަށް ހާއްސަކޮށްގެން ހައުސިން ޔުނިޓުތަކެއް އަޅަން 2013 ވަނަ އަހަރު ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)އާ ހާވަލުކުރުމުން އެ މަޝްރޫއަށް އެއް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވެ، އެ ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލުނު ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދައި އާއްމުކޮށްފައިވާ އޮޑިޓުގައި ބުނީ އެ މަޝްރޫއުއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. އަކަ ފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދުކޮށްފައިވާ އިރު މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ ދެގުނަ އަގު ކަމަށް އޮޑިޓުގައިވެ އެވެ.
ނަމަވެސް އޮޑިޓް އޮފީހުން ބެލިއިރު، އަކަފޫޓަކަށް ހަގީގަތުގައި ޖެހޭނީ 1500ރ. ކަމަށް ބެލެވުނެވެ. އެހެންކަމުން އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާއަށް މަޝްރޫއު ނިންމޭނެ ކަމަށް އޮޑިޓް އޮފީހުން ލަފާ ކުރެ އެވެ.
”މި މަޝްރޫއަށް 240.1 މިލިއަން ރުފިޔާއާ 354.7 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިތުރަށް ހަރަދުވެފައިވާކަން އަންދާޒާ ކުރެވޭ،“ އޮޑިޓު ރިޕޯޓުގައި ބުނެފައިވެ އެވެ.
ފުލުހުންނަށް ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލު ކުރީ ނޫމަޑި ކުންފުންޏާ އެވެ. ނޫމަޑިއާ މަސައްކަތް ހަވާލު ކުރީ އިއުލާނު ކުރުމެއް، ޓެންޑާ ކުރުމެއް ނެތި އެވެ. ފަހުން މުޅި ޕްރޮޖެކްޓު ހަވާލު ކުރީ ނޫމަޑީގެ ސަބް ކޮންޓްރެކްޓަރު އައިލެންޑް އެކްސްޕާޓްއާ އެވެ. އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރަކީ ނޫމަޑީގެ ރިޕްރެޒެންޓޭޓަރެވެ. އެހެންކަމުން، އެކަމުގައި ފައިދާވީ ދައުލަތުގެ ބަދަލުގައި އޭނާއަށްކަން އޮޑިޓުގައި ފާހަގަ ކުރެ އެވެ.
”މި މަޝްރޫއުގެ އަގު އާދަޔާ ހިލާފަށް ބޮޑުވެފައި ވަނީ ޓެންޑާ ކުރުމުގެ އުސޫލުތަކާ ހިލާފަށް ސިންގަލް ސޯސްކޮށް ފަންނީ އަދި މާލީ ގާބިލްކަން ނެތް ކޮންޓްރެކްޓަރުންނަށް މަސައްކަތް ހަވާލު ކުރުމާއި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކުގެ އަގަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވުމުންނާއި ފްރޯޑާއި ކޮރަޕްޝަނުގެ އަމަލުތަކަށް ޝައްކު ކުރެވޭ ކަންކަން މި މަޝްރޫއުގެ ތެރެއިން ހިންގާފައިވާތީ،“ އެ އޮޑިޓުގައި ބުނެފައިވެ އެވެ.

1 Comment
ގުޅުންހުރި
ހަފުތާއެއް ތެރޭ ސްކޭމްތަކުން 673،000 ރ. ފޭރިއްޖެ، ފުލުހުންނަށް ހޯދުނީ އޭގެ
ބިދޭސީއެއްގެ ބުރައްކައްޓަށް ވަޅި ޖެހި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި
އިމްރާންގެ ބޮޑު ތުހުމަތެއް: ޓެގު އަޅުވާފައި ދޫކޮށްލަނީ ރައީސްގެ ތިމާގެ ބޭފުޅުންނާއި
ވާނުވާ ބަންދުގައި ތިބި މީހުން ޓެގު އެޅުވުމަށްފަހު ދޫކުރަން ފަށައިފިން: ރައީސް
ފިރިހެނަކު މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ 67،500ރ. ގެ ގަޑިއެއް ވަގަށް
ރައުދު ދޫކޮށްލަން އެދުނީ އަދަބަށްވުރެ ބަންދުގެ މުއްދަތު އިތުރުވުމުން: ޕީޖީ