މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މޫދަށް އެރޭނެ ސަރަހައްދަކާއި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކަކާއި ފިޓްނަސް ސެންޓަރެއް ހަދައިދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު އުލިގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ސިއްހަތު ސަލާމަތުން ބެހެއްޓުމަކީ އެ މަނިކުފާނުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމަށެވެ.
އެގޮތުން މި ދައުރުގެ ތެރޭގައި ކޮންމެ ރަށެއްގައި މޫދަށް އެރޭނެ ސަރަހައްދަކާއި އައުޓްޑޯ ޖިމަކާއި ކުޑަކުދިންގެ ޕާކަކާއި ފިޓްނަސް ރެކްރިއޭޝަން ސެންޓަރަކާއި ކުޅިވަރު ކުޅޭ ތަންތަން ހެދުމަކީ އެ މަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ކޮށް ނިންމަވާނެ ކަމަށް ވިދާޅުވި އެވެ.
”އެހެންވީމާ، މި އަހަރާއި މި އަންނަ އަހަރާ، 2025، 2026، މި ދެ އަހަރު ތެރޭގައި، ފެސިލިޓީޒް ހަމަކުރެވިގެން، ކުޅޭ އެކިކަހަލަ ސާމާނުތައް ހަރުކުރެވިގެން، ރާއްޖޭގެ ހުރިހާ ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމުގެ ޕްރޮޖެކްޓެއް ކުރިއަށްދާނެ. … އަދި ޕާކު ހެދިފައި ހުރި ބައެއް ރަށްރަށުގައި، ތަކެތި މަދުކޮށް ހުންނަ ތަންތަނުގައި، އިތުރު ސާމާނު ހަރުކޮށްދޭނަން….ފުރިހަމަކުރެވިފައި އޮންނަގޮތަށް ކުޑަކުދިންގެ ޕާކު ހެދުން، ރާއްޖޭގެ ހުރިހާ ރަށެއްގައި، ދެ އަހަރު ތެރެއަށް ބަހާލައިގެން ކުރިއަށްދާނެ. އައުޓްޑޯ ޖިމް ހެދުން، އިންޑޯ، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރ. އެއީ، އިންޑޯ ޖިމް ހިމެނޭގޮތަށް ގާއިމުކޮށްދިނުން. މިއީ ދެ އަހަރުގެ ތެރޭގައި ނިމޭނެ ކަންކަން. މޫދަށް އެރޭ ސަރަހައްދު ބޭނުންވާ ހުރިހާ ރަށެއްގައި، މޫދަށް އެރޭ ސަރަހައްދު ގާއިމުކޮށްދިނުން. މިކަންކަން މި އަހަރާއި މި އަންނަ އަހަރު ތެރެއަށް ބަހާލެވިގެން، ހުރިހާ ރަށެއްގައި އަޅުގަނޑުމެން ނިންމާނަން،“ ރައީސް ވިދާޅުވި އެވެ.

32 Comments
ގުޅުންހުރި
އިޒްރޭލު ޕާސްޕޯޓް މަނާކުރުމަކީ އިސްލާމީ އުއްމަތަށް ރައީސް ދެއްކެވި ނަމޫނާއެއް، ސެލިއުޓް
ޝިޔާމް، ޖަމީލަށް: ރައްޔިތުން ހޮވި ވެރިއަކީ ރައީސް މުއިއްޒު ކަމަށް ހިތަށް
ޒުވާނުން އަލުން މަހަށް ދާން ފަށައިފި، އެއީ ބޭނުންވި ގޮތް: ރައީސް
ނޫސްވެރިންނާ ބައްދަލުނުކުރައްވާތާ 515 ދުވަސް ފަހުން ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވަނީ
ސިނގިރޭޓް މަނާކުރުމުގައި ގިނަ މީހުން ބޭނުންވި ގޮތާ ހިލާފަށް ނިންމީ އިހުތިރާމް
ކުޑަހުވަދޫގެ އުސްގަނޑު މަގުގައި ކާބް ސްޓޯން ޖެހުން ކުރިއަށް، މަސައްކަތުގައި އަންހެނުން