ސެޕްޓެމްބަރ 1, 2025

އެސްޓީއޯ އިން ބިހެއް ވިއްކާނީ 2ރ. އަށް، ކޭހެއް ވިއްކާނީ 310ރ. އަށް

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަކިން ބިސް ވިއްކާ އަގާއި ބިސް ކޭސް ވިއްކާ އަގު އިއުލާންކޮށްފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އެ ކުންފުނިން މި ވަގުތު ބިސް ކޭހެއް ވިއްކާނީ 320 ރުފިޔާއަށް ކަމަށެވެ. ބިހެއް ވަކިން ވިއްކާނީ ދެ ރުފިޔާއަށެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރާއި އިންޑަސްޓްރިއަލް ވިލެޖު ޒޯންގައި ހުންނަ އެސްޓީއޯ ޒޯންގައި ހުންނަ އެސްޓީއޯ ވެއާހައުސް އިން ބިސް ކޭސް ހޯލްސޭލްކޮށް ވިއްކާނެ އެވެ.

އެސްޓީއޯ އިން ބިސް ކޭސް ވިއްކާ އަގު އިއުލާން ކުރި އިރު، މި ވަގުތު ބާޒާރުގައި ބިސް ކޭހެއްގެ އަގު އުޅެނީ 360 ރުފިޔާއާއި 400 ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ.

3 Comments

  • Ammadey Abraham ފެބްރުއަރީ 19, 2025

    Muizzu 2 bis kihaavarakah

    • Ahmed Midshan ފެބްރުއަރީ 19, 2025

      Ammadey Abraham thihen ulhenikoh root bandhu koffane

    • އަޙުމަދު ޢާދިލް ފެބްރުއަރީ 22, 2025

      Ammadey Abraham thalhaugen gohssiyoa

Leave a Reply to އަޙުމަދު ޢާދިލް Cancel reply