ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ހެނދުނު ވަޑައިގެންފި އެވެ.
ހަލީލަށް ނިއު ދިއްލީން މަރުހަބާ ދެންނެވީ ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ އިސް އޮފިޝަލުންނެވެ.
ފޮރިން މިނިސްޓްރީން ބުނީ، މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފުތިތާހު ކުރެއްވި ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ހަލީލު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.
އަދި މި އަހަރުގެ މި ޑައިލޮގްގެ ތެރެއިން ”ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިންގް“ގެ ޕެނަލް ޑިސްކަޝަންގައި ހަލީލް ބައިވެރިވެވަޑައިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ، ހަލީލުގެ ދަތުރުގައި، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރުގެ އިތުރުން ރައިސީނާ ޑައިލޮގް އަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި އިސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

3 Comments
ގުޅުންހުރި
އިންޑިއާ މީހަކު އޭނާގެ 65 އަހަރުގެ މަންމަ ދެ ފަހަރަށް ރޭޕްކޮށްފި
އަޅުގަނޑު އިންޑިއާ އައުޓް ޓީޝާޓް ލީ ފޮޓޯއެއް ނުހުންނާނެ: ހަލީލް
ރައީސްއާ ބައްދަލުކުރެއްވީ ފޭކު ޕްރިންސެއް ނޫން: ހަލީލް
ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އެއް އަހަރުގެ މުއްދަތަށް މެޑިކަލް ވިސާ ދޫކުރަން
ނިކޯބާ އައިލެންޑްސް ކައިރިއަށް އައި ބިންހެލުމަށް ފަހު ރާއްޖެއަށް ވެސް ލޮޅުމުގެ
ވެއްޓުނު ފްލައިޓުގައި ދެމަފިރިއަކާއި އެ މީހުންގެ ތިން ކުދިން، މުޅި އާއިލާ