މެއި 18, 2025

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ހަލީލު އިންޑިއާ އަށް

ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ހެނދުނު ވަޑައިގެންފި އެވެ.

ހަލީލަށް ނިއު ދިއްލީން މަރުހަބާ ދެންނެވީ ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އައިޝަތު އަޒީމާ އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ އިސް އޮފިޝަލުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއަދު ހަވީރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފުތިތާހު ކުރެއްވި ރައިސިނާ ޑައިލޮގްގެ 10 ވަނަ އެޑިޝަންގައި ހަލީލު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

އަދި މި އަހަރުގެ މި ޑައިލޮގްގެ ތެރެއިން ”ކްލައިމެޓް ކެޓެކްލިސަމް: އެޑެޕްޓޭޝަން އެޖެންޑާ އިސް ގެސްޕިންގް“ގެ ޕެނަލް ޑިސްކަޝަންގައި ހަލީލް ބައިވެރިވެވަޑައިގެން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހުރި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކަށް ފައިނޭންސިން ހަރުދަނާކުރުމުގެ މުހިންމު ކަމަށް އަލިއަޅުވާލެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، ހަލީލުގެ ދަތުރުގައި، އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޖަންކަރުގެ އިތުރުން ރައިސީނާ ޑައިލޮގް އަށް ވަޑައިގަންނަވާ އެހެނިހެން ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި އިސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

3 Comments

  • Havaas Haas މާރޗް 17, 2025

    Dias ves nudeyne beethaa thakaa

  • Havaas Haas މާރޗް 17, 2025

    Kobaa India a kiyaafa govihaa hayaakuda achehi braanchaa

  • Ahmed Shujaau މާރޗް 18, 2025

    Miaalaathun kurin govi badhivaru hama hadhaan nethee tha noonee laduhayaathuge kanfulhehves nethee tha

Leave a Reply to Ahmed Shujaau Cancel reply