ހަމަލާ ނުދީ ތިބުމަށްފަހު އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގެ އެތަން މިތަނަށް އިއްޔެ ދަންވަރު ދިން ހަމަލާތަކަކީ ފެށުމެއް ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފި އެވެ.
އިޒްރޭލުގެ ގައުމީ ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ނަތަންޔާހޫ ބުނީ، ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ދެން ކުރިއަށްދާނީ ހަމަލާތައް ހުއްޓާ ނުލާ ކަމަށެވެ.
އަދި ހަމާސް ޖަމާއަތް އެއްކޮށް ނައްތާލައި، އެ ޖަމާއަތުގެ ހައްޔަރުގައި ތިބި އަސީރުން މިނިވަންކޮށް އިޒްރޭލުގެ ހަނގުރާމައިގެ ލަނޑުތައް ހާސިލުވަންދެން ހަމަލާ ދޭނެ ކަމަށްވެސް ބުންޏެވެ.
”އަސްކަރީ ޕްރެޝަރަކީ އަސީރުން މިނިވަންކުރުމަށް ކޮންމެހެން މުހިންމު ކަމެއް،“ ނަތަންޔާހޫ ބުނެފައިވެ އެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފަށާފައި މިވަނީ، އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހަމަލާ ދިނުން މިދިޔަ ޖެނުއަރީ މަހު މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ނިމި ދެވަނަ މަރުހަލާ ކުރިއަށް ގެންދިއުމާ ގުޅޭ މަޝްވަރާތަކުގައި އިޒްރޭލުގެ ހުރިހާ ރަހީނުން މިނިވަންކުރަން އެމެރިކާ އާއި އިޒްރޭލުން ކުރި ޝަރުތަށް ހަމާސް އެއްބަސް ނުވުމުންނެވެ.
ޣައްޒާގެ ހެލްތް މިނިސްޓްރީން ބުނީ، އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު 400 އިން މައްޗަށް އަރާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.




27 Comments
ގުޅުންހުރި
އިންޑިއާގައި ނަމާދަށް އިން މީހެއްގެ ގައިގާ ތަޅައި އަނިޔާކުރާ ވީޑިއޯއެއް
އެއްމާބަނޑު ދެބެން, އެއްމާބަނޑު ދެބެންއާ ކައިވެނިކޮށްފި
އެޕްސްޓީންއާ ގާތް ގުޅުމެއް އޮތް އެންޑްރޫ ރަސްކަމުގެ ތަރުތީބުން އުނިކުރުމުގެ މަސައްކަތް
މެކްސިކޯ ޑުރަގް ބޮޑުގެ މަރާއެކު ހަމަނުޖެހުން، ކޮންޓްރޯލް ކުރަން 10,000 ސިފައިން
އެމެރިކާގެ ސްޕްރީމް ކޯޓަކީ ވަފާތެރިކަމެއް ނެތް ތަނެއް: ޓްރަމްޕް
އަރަގްޗީގެ އިންޒާރު ޓްރަމްޕަށް: ޓެސްޓު ކޮށްލަން ބޭނުންވާނަމަ ހަނގުރާމައަށް ތައްޔާރު!