އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކުރީގެ ޅީދަރިފުޅު ވެނީސާ ޓްރަމްޕްއާ ހިތާވެގެން އުޅޭކަން ގޮލްފްގެ ލެޖެންޑް ޓައިގާ ވުޑްސް އިއުލާންކޮށްފި އެވެ.
އުމުރުން 47 އަހަރުގެ ވެނީސާ އާއި ޑޮނަލްޑް ޓްރަމްޕް ޖޫނިއާގެ 13 އަހަރުވީ ކައިވެނި ނިމުމަކަށް ގެނައީ 2018 ވަނަ އަހަރު އެވެ. އެ ދެ މީހުންގެ ފަސް ކުދިންވެސް ތިބެ އެވެ.
ވެނީސާއާ ހިތާވެގެން އުޅޭކަން ވުޑްސް އިއުލާންކުރީ މިދިޔަ އާދީއްތަ ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި އޭނާ ވަނީ އެ މީހުންނަށް ޕްރައިވަސީ ދިނުމަށްވެސް އެދިފަ އެވެ.
ވުޑްސް އާއި ވެނީސާ ހިތާވެގެން އުޅޭކަން އިއުލާން ކޮށްފައި މިވަނީ، އެ ދެ މީހުންގެ ގުޅުމުގެ ވާހަކަ ގޮސިޕް މެގަޒިންތަކުން ޖަހަން ފެށުމުންނެވެ.
އުމުރުން 49 އަހަރުގެ ޓައިގާ ވުޑްސް އަކީ ގޮލްފްގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. އެގޮތުން އޭނާ ވަނީ ގޮލްފްގެ މޭޖާ 15 މުބާރާތް ކާމިޔާބުކޮށްފަ އެވެ.




1 Comment
ގުޅުންހުރި
ފަލަސްތީން ރައްޔިތުން ސޯމާލީލޭންޑަށް ބަދަލުކުރަން އިޒްރޭލުން ރާވަނީ!
ހަމަލާތަކަކަށްފަހު އެމެރިކާއިން ވެނެޒުއޭލާގެ ރައީސް ހައްޔަރުކޮށްގެން ގެންގޮސްފި
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިއާ އަވަހާރަވެއްޖެ
އަރުވާލެވިގެން 17 އަހަރު ހުރުމަށްފަހު ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އެނބުރި ގައުމަށް
ޣައްޒާގެ ގެއެއް ވެއްޓި, އެއް އާއިލާއެއްގެ ފަސް މެންބަރުން ނިޔާވެއްޖެ
ސިޑްނީގެ ބޮންޑީ ބީޗުގައި ބަޑި ޖަހައި މަރާލި މީހުންގެ އަދަދު 15