ރައްޔިތުންގެ މަޖިލިސް ހިންގަމުންދަނީ ރައްޔިތުންނާއި ސަރުކާރު ބޭނުންވާ ގޮތަށް ވަރަށް ރަނގަޅަށް ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ބައެއް ކަންކަން ލަސްވަނީ އެ ކަންކަމާއި ގުޅިގެން ގިނަބައެއްގެ ހިޔާލު ހޯދައި މަޝްވަރާ ކުރަންޖެހޭތީ ކަމަށެވެ.
”އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އަޅުގަނޑުމެންނަށް މި 20 ވަަނަ މަޖިލިސް މި ހިންގެނީ ވަރަށް ރަނގަޅަށް. އިއްޒަތްތެރި ރައީސްގެ ޒައާމަތުގައި މި މަޖިލިސް މި ހިނގަމުން ދަނީ އިރާދަކުރެއްވިއްޔާ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް، ވަގުތު ކަންކަމަށް ނަގަންޖެހޭ ކަންކަމަށް ވަގުތު ނަގައިގެން ދިރާސާ ކުރަންޖެހޭ ކަންކަން ދިރާސާ ކޮށްގެން އެކަމުގެ މައުލޫމާތު ހޯދަންޖެހޭ ކަންކަމުގެ މައުލޫމާތު ހޯދިގެން،“ ފަލާހު ވިދާޅުވި އެވެ.
މަޖިލީހުގެ ތަޅުމުގައި މަސައްކަތެއް ނުކުރުމަކީ ނުވަތަ މަޖިލީހުގެ ޖަލްސާތައް ނުބޭއްވުމަކީ މަޖިލީހުން އެއްވެސް މަސައްކަތެއް ނުކޮށް ތިބުން ކަމަށް ދެކިގެން ނުވާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. މަޖިލީހުގެ މަސައްކަތްތައް ކޮމިޓީތަކުގައި ހުއްޓުމެއް ނެތި މެންބަރުން ކުރަމުންދާ ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ މަޖިލީހުގެ މެންބަރުން އެހާ ފުރިހަމަ މަސައްކަތްތަކެއް ކުރައްވާތީ އެ މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.




7 Comments
ގުޅުންހުރި
ރަސްމީ ދަތުރުފުޅެއްގައި އަބްދުއްރަހީމް އިންޑިއާއަށް
ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ ފެބްރުއަރީ 5ގައި
މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށް، ދެ އިންތިހާބު އެއްކޮށްލަން ބިލެއްް
ބޭރު ފައިސާއިން ސާވިސް ޗާޖު ދޭންޖެހޭ ގޮތް ހަދަން އިސްލާހެއް ހުށަހަޅަނީ
ރާއްޖެއަށް ޑްރަގް އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ބިލު ތަސްދީގު
28 ޖަލްސާއެއް ބޭއްވުމަށްފަހު މެންބަރުން އަރާމުކުރައްވަން މަޖިލިސް ދެ މަހުގެ ޗުއްޓީއަކަށް